22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޒުވާނުންގެ މަރުކަޒު

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

  • ވޮލީ މުބާރާތުގެ ހުރިހާ މެޗެއްގެ ޓިކެޓު ވިއްކާނެ
  • ޓިކެޓްތަކުގެ އަގަކީ 50 ރުފިޔާ: ވީއޭއެމް
ލީވާން އަލީ | MrLeevaan

| 27 ޖެނުއަރީ 2017 | ހުކުރު 03:16 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ގިނަ ކުޅިވަރުތައް ކުޅެން ހަދާފައިވާ ޒުވާނުންގެ މަރުކަޒު -- ރާއްޖެއެމްވީ

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވުމަންސް ވޯލްޑް ޗެމްޕިއަންޝިޕް ސެންޓްރަލް ޒޯންގެ ކޮލިފިކޭޝަން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ

ވޮލީބޯލް އެސޯސިއެޝަނުން ބުނީ، މިމުބާރާތުގެ މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 50 ރުފިޔާ އަށް ކަމަށާއި ޓިކެޓް ވިއްކަމުންދާނީ ސޯޝަލް ސެންޓަރުން ކަމަށެވެ.

މިމުބާރާތުގައި ވާދަކުރާ އީރާން އަދި ނޭޕާލްގެ ވޮލީ ޓީމުތައް މާލެ އައިސްފައިވާ އިރު، މިއަދު ވަނީ ޓީމުތަކުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ވަނީ ރަނގަޅު ފެންވަރަކަށް މަރާމާތުކޮށްފަ އެވެ. ހަމަ އެއާއެކު ޗޭންޖިން ރޫމުތައް ވެސް ޒަމާނީ ފެންވަރަކަށް ނިންމުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވެސް ވީއޭއެމުން މައުލޫމާތުދެ އެވެ.

މި މިމުބާރާތަކީ 2018 ވަނަ އަހަރު އޮންނަ ވުމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަނޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން ބުރެވެ

މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރާއްޖެއާއި ނޭޕާލް ބައްދަލުކުރާއިރު، މުބާރާތުގެ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ނޭޕާލްއާއި އީރާނެވެ. އަދި އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ.
މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގައި ކޮންމެ ދުވަހަކުވެސް ހަވީރު 5:00 ގައެވެ. މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް