16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިހާބު 2018

ވިއްކާނެ ސިޔާސަތެއް ނެތި މަރުފަލި ޖަހަނީ!

 • ހުރިހާ ރައްޔިތުން ވެސް އެންމެ އިންތިޒާރުކުރަމުންދަނީ ވާދަކުރާ ކެންޑިޑޭޓުން ވިއްކާނެ ސިޔާސަތުތައް ދެނެގަތުމަށް
 • އިދިކޮޅުން ޖަޒީރާ ސިޔާސަތު ވިއްކާއިރު ޕީޕީއެމްއިން ވިއްކާނެ ސިޔާސަތެއް ނެތް
 • ރައީސް ޔާމީން ސިޔާސަތުގެ ވާހަކަ ދެއްކެވުމަށް ވުރެ ކުރައްވާ ކަމަކީ އިދިކޮޅަށް ބަހުގެ ހަމަލާތައް ދެއްވުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 އޯގަސްޓު 2018 | އަންގާރަ 21:53 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
 8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ރައީސް އަބްދުﷲ ޔާމީން -- ރައީސް އޮފީސް

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ހުރިހާ ރައްޔިތުން ވެސް އެންމެ އިންތިޒާރުކުރަމުންދަނީ ވާދަކުރާ ކެންޑިޑޭޓުން ވިއްކާނެ ސިޔާސަތުތައް ދެނެގަތުމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިއްކަން ނުކުމެވަޑައިގެން ހުންނެވީ "ޖަޒީރާ ރާއްޖެ" ސިޔާސަތެވެ. އެމަނިކުފާނާ ވާދަކުރައްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބުގައި ވިއްކަވާނެ ސިޔާސަތުތައް އޮތީ އަދިވެސް ސަޕްރައިޒެއްގެ ގޮތުގައެވެ. 

ސަޕްރައިޒް މެނިފެސްޓޯއަކާ އެކު އިންތިހާބަށް ރައީސް ޔާމީން ނުކުމެވަޑައިގަންނަވާއިރު އެމަނިކުފާނު ވިސްނުން ހުރީ އަމިއްލަ ސިޔާސަތުތަކެއް ވިއްކުމުގެ ބަދަލުގައި އިދިކޮޅުން ނެރޭ ސިޔާސަތުތަކަށް ފާޑުކިޔައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތައް ދެއްވުމަށެވެ. ކަންވާނީ ވެސް އެހެންތާއެވެ. އިންތިހާބަށް 40 ދުވަހަށް ވެފައިވާއިރު ވެސް މެނިފެސްޓޯ ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ޖެހިފައި އޮތީ މެނިފެސްޓޯގައި ހިމަނާނެ، ވިއްކޭނެ ފަދަ ސިޔާސަތުތަކެއް ނެތުނީމައެވެ. އެމަނިކުފާނު ސޭލު އަޅުވައިގެން ވިއްކެވި ނަމަވެސް އެ ސިޔާސަތުތައް ގަންނާނެ ބަޔަކު ނެތެވެ. 

ރައީސް ޔާމީންގެ ކެމްޕެއިނުގައި އެމަނިކުފާނު އެންމެ ބާރަށް ވިދާޅުވާ ވާހަކައަކީ ކޮންކްރީޓު ތަރައްގީގެ ވާހަކައެވެ. އެއް ރަށުގައި ބްރިޖުގެ ވާހަކަ ދައްކަވައިފި ނަމަ އަނެއް ރަށުގައި ދައްކަވަނީ ދަަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކައެވެ. މޮޅެތި އިނގިރޭސި ބަސްތައް ވިދާޅުވެ އަމިއްލަފުޅަށް "ރައީސް ޔާމީން" އޭ ވިދާޅުވެ، ގެންނަވާ ތަރައްގީގެ ވާހަކަ ދައްކަވާއިރު މިފަދަ އިމާރާތްތައް ބިމުން މައްޗަށް އުފުލިގެންދިޔަ ގޮތް ގިނަ ދިވެހިންނަށް ވަރަށް ސާފެވެ. ކޮންސެޝަނަލް ލޯނުގެ ބަދަލުގައި ކޮމާޝަލް ލޯނު ނަންގަވައިގެން މިފަދަ ބޮޑު ބިނާތައް އެޅިގެން ދިޔައިރު އެބިނާތައް އެޅުމަށް ހަރަދުވި ހަރަދުގެ ތެރެއިން އިހުމާލުވެފައި ހުރީ ކިތައް މިލިއަން ރުފިޔާއަކަށް ކަމެއް އެނގޭކަށް ނެތެވެ.

ބައެއް މީހުން ބުނާތީ އަޑުއިވެނީ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަން މިފަދަ މަޝްރޫއުތަކުގެ އަޑީގައިވާ ކަމަށެވެ. އެފަދަ ވާހަކަތައް ވެސް ދެކޭވެނެތާއެވެ. މި ދައްކަނީ ދިވެހި ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެސަރުކާރެއްގައި ހިނގި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވާހަކައެވެ. 

ކޮންމެ ގޮތަކަށް އެޅި ނަމަވެސް މިއަދު އެބްރިޖާއި ހޮސްޕިޓަލާއި ދެން ޖެހުނު އިމާރާތެއް ވެސް އެހުރީ ނިމިފައެވެ. ރައީސް ޔާމީން ދެން ދައްކަވަނީ ބްރިޖު މަތީގައި ޒުވާނުން އަވަހަށް ކައިވެނި ކުރަން އަންނަޖެހޭ ވާހަކައެވެ. އައްޑޫގައި އުޅޭ މީހާ ވެސް ސިލޯނަށް ދެވޭ ވަރަށް ހަރަދު ކުރުމަށް ފަހު ޓިކެޓް ނަގައިގެން މާލެއަށް އަންނަވީ ބްރިޖު މަތީގައި ކައިވެނިކުރަންށެވެ. ސަރުކާރުން ހުރިހާ ހަރަދެއް ވެސް ބަލަހައްޓާނެއެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ބްރިޖު މަތީގައި ކުރާ ކައިވެންޏަށް ފައިނޭންސްކުރާ ވާހަކަ ދައްކާއިރު ކޮންމެ ދުވަހަކު މާލޭގެ އެކި މަގުތަކުގައި ބޭސް ފަރުވާއަށް ސަލާން ޖަހާ އެތައް ބަޔަކު އުޅޭކަން މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ.

އަމިއްލަ ސިޔާސަތެއް ނެތުމުން ވެރިކަމުގެ ފަސް އަހަރު ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބިނާކުރެވުނު ބިނާތަކުގެ ވާހަކަ ކޮންމެ ރަށަކަށް ވަޑައިގެން ދެއްކެވުން ނޫން ގޮތެއް ރައީސް ޔާމީނަކަށް ނެތެވެ. ސަޕްރައިޒް މެނިފެސްޓޯގައި އޮތީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން މެޓީރިއަލްތައް ބަދަލުކޮށްގެން ބޭނުންކުރުމެވެ. އަދިވެސް މާޒީގެ ވާހަކަ ދެއްކުމެވެ. އިދިކޮޅު ކެންޑިޑޭޓަށް ބަހުގެ ހަމަލާތައް ދެއްވުމެވެ.

ކައްޕި ހުންނެވި އޮޑީގައި ތިބި ފަޅުވެރިންގެ އަމަލުތައް ވެސް ހުރީ މިހެންނެވެ. ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންނާއި އެގްރޫޕްގެ ލީޑަރު ވެސް ކައްޕިއަށް ވިއްކާނެ ސިޔާސަތެއް ނުދެއްކުމުން ދެން ޖެހެނީ ރޭސް ޖަހާ އަނެއް އޮޑިން ކުރާ ކަންކަމަށް ފާޑުކިޔާށެވެ. އެމީހުން ވެސް އެކަންކަން އެކުރަނީ ކޮންމެހެން ކުރަން ބޭނުންވެގެނެއް ނޫނެވެ. ކޮންމެއަކަސް އަނެއް އޮޑީގެ ފަޅުވެރިން އެއޮޑީގައި ކައްޕިގެ އިރުޝާދުގެ ދަށުން އަމާން ބަނދަރަކަށް ދަތުރުކުރަމުންދާއިރު މި އޮޑީގައި ހުރި ކައްޕިއަށް އިރުޝާދު ނުދެވޭނަމަ މަރުފަލި ވެސް ޖަހާނެއެވެ. އަދި ވަކި ހިސާބަކުން އޮޑިން ފުންމާލާނެއެވެ. ބުއްދި ހަމަނުޖެހޭ މަދު ފަޅުވެރިޔަކު ފިޔަވާ އެހެން އެއްވެސް ފަޅުވެރިޔަކު ފެތޭ އޮޑިއެއްގެ ރިޔާ ދަށު ނުވާނެއެވެ. 

ރައީސް ޔާމީން އަރިހުގައި 2013ގެ އިންތިހާބުގައި ތިއްބެވި ބޭފުޅުން މާކެޓް ކުރެއްވީ އިކޮނޮމިސްޓެއް ގޮތުގައެވެ. އެބޭފުޅުން ވެސް މިއަދު ކައްޕި ހުންނެވި އޮޑި ނުބައި މިސްރާބަކަށް ދާން ފެށުމުން އޮޑިން ފުންމަވާލައްވައިފިއެވެ. އަމިއްލަފުޅަށް މިހާރު ވެސް ތިމަންމަނިކުފާނަކީ އިކޮނިމިސްޓެކޭ ވިދާޅުވުން ނޫން ޕްރޮޑަކްޓެއް ނެތެވެ. އައު ޕްރޮޑެކެޓެއް ނެތެވެ. އަދި މިހާތަނަށް އައު ކަމެއް ކެމްޕެއިންގައި ކުރެވިފައެއް ނެތެވެ. ހުސް ދައްކަވަނީ ވެނިމިފައިވާ ކަންކަމުގެ ވާހަކައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް