16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ސްޕެނިޝް ލަލީގާ

ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!

  • ކުރިޔަށް އޮތް ތިން ސީޒަނަށް ފޭސްބުކްއިން ވަނީ ރައިޓްސް ގަނެފައި
  • މީގެކުރިން ސްޕެނިޝް ލަލީގާ ދެކުނު އޭޝިއާގައި ދެއްކުމުގެ ރައިޓްސް އޮތީ ސޮނީ ޕިކްޗަރސް ނެޓްވޯކް އަތުގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 އޯގަސްޓު 2018 | އަންގާރަ 17:04 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ ބާސެލޯނާގެ ބައެއް ކުޅުންތެރިން -- ގެޓީ އިމޭޖާސް

ދެކުނު އޭޝިއާގެ ގައުމުތަކަށް ސްޕެނިޝް ލަލީގާގެ މެޗުތައް ދެއްކުމުގެ ރައިޓްސް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ ފޭސްބުކްއިން ގަނެފިއެވެ. 

ފޭސްބުކްއިން މި ރައިޓްސް ގަނެފައިވާއިރު މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މީގެކުރިން ސްޕެނިޝް ލަލީގާ ދެކުނު އޭޝިއާގައި ދެއްކުމުގެ ރައިޓްސް އޮތީ ސޮނީ ޕިކްޗަރސް ނެޓްވޯކް އަތުގައެވެ. ސޮނީއިން ލަލީގާ ދެއްކުމުގެ ރައިޓްސް 2014 ވަނަ އަހަރު ގަނެފައިވަނީ 25 މިލިއަން ޕައުންޑަށެވެ. މި އެއްބަސްވުމާއެކު އިންޑިއާ، ނޭޕާލް، ބޫޓާން، ސްރީ ލަންކާ، ޕާކިސްތާން، އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ރާއްޖެއަށް ލަލީގާގެ މެޗުތައް ދެއްކުމުގެ ހުއްދަ ފޭސްބުކަށް ލިބިގެންދާނެއެވެ. 

މި ސަރަހައްދުގައި ފޭސްބުކް ބޭނުންކުރާ 348 މިލިއަން މީހުން އުޅޭއިރު އެންމެނަށް ވެސް ފޭސްބުކްއިން ލަލީގާގެ މެޗުތައް ހިލޭ ބަލާލެވޭނެއެވެ. އޭގެ ތެރެއިން 270 މިލިއަން މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

ފޭސްބުކް އަދި އެހިނިހެން ޓެކް ކުންފުނިތަކުން އަންނަނީ އެކިއެކު ލީގުތައް ދެއްކުމުގެ ރައިޓްސް ގަންނަމުންނެވެ. އެގޮތުން އެމޭޒަންއިން ވެސް ވަނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ 20 މެޗުގެ އެކްސްކުލޫސިވް ރައިޓްސް ގަނެފައެވެ. 

ފޭސްބުކްއިން ލަލީގާގެ 380 މެޗުގެ ރައިޓްސް ގަނެފައިވާއިރު މި ސީޒަނާއެކު ސްޕެނިޝް ލަލީގާގެ މެޗުތައް ހަމައެކަނި ދެން ބަލާލެވޭނީ ފޭސްބުކްއިންނެވެ. ރާއްޖޭގައި ވެސް ސްޕެނިޝް ލަލީގާ ބަލާ ގިނަ އަދަދެއްގެ ބެލުންތެރިން ތިބޭއިރު މީގެކުރީ ސީޒަންތަކުގައި ލަލީގާގެ މެޗުތައް ދައްކާފައިވަނީ ސޮނީ ޕިކްޗަރސް ނެޓްވޯކްގެ ޗެނަލްތަކުންނެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް