24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރިޔާސީ އިންތިހާބު 2018

ނޮޅިވަރަމްގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކޯލިޝަން ސަރުކާރުން ހިންގާނެ: އިބޫ

  • ނަރުދަމާގެ ނިޒާމް ރައީސް ޔާމިން ހުޅުއްވައިދެއްވި ނަމަވެސް އޭގެ ޚިދުމަތް ރައްޔިތުންނަށް ނުލިބޭ
  • ނޮޅިވަރަމްގެ ރައްޔިތުން ބޭނުންވާ ގޮތަށް އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ
އަމްނާ އިމާދު | @amnabinthimad

| 14 އޯގަސްޓު 2018 | އަންގާރަ 15:11 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


އިބޫ ނޮޅިވަރަމްއަށް ވަޑައިގަތުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ހދ. ނޮޅިވަރަމްއަށް ބޭނުންވެފައި ހުރި ކަންތައްތަކެއް އެބަހުރި ކަމަށާއި، ކޯލިޝަންގެ ސަރުކާގައި ތަރައްގީގެ ގިނަ މަޝްރޫއުތައް އެރަށުގައި ހިންގާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ. އަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަތޮޅު ނޮޅިވަރަމަށް ވަޑައިގެން އިބޫ ވިދާޅުވީ ނޮޅިވަރަމްގައި ގާއިމްކުރި ނަރުދަމާގެ ނިޒާމް ނިމި ރައީސް ޔާމިން ކުލަ ގަދަ ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވާފައިވާ ކަމަށާއި، ނަމަވެސް އޭގެ ޚިދުމަތް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އިބޫ ވިދާޅުވީ ގޭގެއަށް ނަރުދަމާގެ ހޮޅިއެއް ގުޅިފައި ނެތް ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި އެޚިދުމަތް ފުރިހަމަ ކޮށްދޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ބޯފެނާއި ނަރުދަމާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޯލިޝަން ސަރުކާރުގައި ލިބޭނެ ޚިދުމަތެއްގެ ގޮތުގައި މެނިފެސްޓޯގައި ބަޔާންކޮށްފައި އޮންނާނެ ކަމަށާއި، އެގޮތުން ނޮޅިވަރަމް ރައްޔިތުންނަށް ވެސް ތާޒާ ބޯފެން ލިބޭނެ ކަމަށެވެ.

ނޮޅިވަރަމްގެ ބަނދަރު ހަދާ ނިމިފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ބަނދަރުގެ ބޭނުން ވެސް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ބޭނުން ނުކުރެވޭ ކަމަށެވެ. މިމައްސަލައަށް ވެސް ކައުންސިލްގެ މަޝްވަރާ ދަށުން ހައްލު ހޯދަދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިރަށަށް އައިރު ވެސް ބަނދަރު ހެދުމުގެ ނޫނީ މަރާމާތު ކުރުމުގެ މަންޒަރު ފެނިގެންދިޔައީ. އެހެންނަމަވެސް އެކަން ކުރެވެމުން މިދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ރަށުގެ ކައުންސިލުންނާއި ބައެއް ރައްޔިތުން އަޅުގަނޑުމެންނަށް އެބަ ވިދާޅުވެދެއްވާ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ވެރިކަމެއްގައި ކައުންސިލްއާ މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލާއެކު ބަނދަރަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން އެބަ ދެން" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރަށް އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ނޮޅިވަރަމްއިން ދޫކޮށްފައިވާ 170 ގޯތީގެ ތެރެއިން ބައެއް ގޯތި ނިމިފައި ހުރި ނަމަވެސް އެސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިނުވާ ކަމަށާއި، ނަމަވެސް ކޯލިޝަންގެ ވެރިކަމުގައި މިސަރަހައްދު ތަރައްގީ ކުރާނެ ކަމަށެވެ. އަދި ނޮޅިވަރަމް ރައްޔިތުން ބޭނުންވަނީ ގޯތިތޯ ނުވަތަ ފްލެޓްތޯ ބެލުމަށްފަހު އެންމެ ރަނގަޅު ގޮތަށް މިމަޝްރޫއު ވެސް ކުރިއަށް ގެންދާނެ އިބޫ ވިދާޅުވިއެވެ.

ތައުލީމީ ގޮތުން އިންގިލާބީ ބަދަލުތަކެއް ގެންނާނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ނޮޅިވަރަމް ސްކޫލުގެ ކިޔަވައިދިނުން ވެސް އެއްދަންފަޅިއަކަށް ބަދަލުކޮށް އައު ކުލާސް ރޫމްތައް އަޅައިދޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށް ތަރައްގީ މަޝްރޫއުތައް ހިންގާނެ ކަމަށާއި، އެގޮތުން ޒުވާނުން މުނިފޫހިފިލުވުމަށް ކުޅިވަރު ކުޅެވޭ ގޮތަށް ދަނޑުތައް ހަދައިދޭނެ ކަމަށެވެ.

މީގެ އިތުރަށް އިބޫ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށަށް ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރާނެ ކަމަށާއި، ނޮޅިވަރަމްއަށް ގެސްޓްހައުސް ވިޔަފާރިކުރެވޭނެ ގޮތަށް ވެދެވެން ހުރި އެހީތައް ވެދޭނެ ކަމަށެވެ. އަދި އެރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ވެހިކަލް ދުއްވަން ފަސޭހަ ރަށަކަށް ބަދަލުކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކޯލިޝަން ސަރުކާރުގައި އަތޮޅުތެރޭގެ ރަށްރަށަށް ޚާއްސަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ކައުންސިލް ފުރިހަމަ އެއްބާރުލުމާއެކު އެރަށެއްގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް