20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑާއެކު ޑެހޭއާ އައު އެއްބަސްވުމެއްގައި ސޮއިކުރަނީ

  • އޭނާ ސޮއިކުރާނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 އޯގަސްޓު 2018 | އަންގާރަ 14:59 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހޭއާ -- ގޯލް.ކޮމް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހޭއާ އެޓީމާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

އުމުރުން 27 އަހަރުގެ ޑެހޭއާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2019 ވަނަ އަހަރުއެވެ. މި އެއްބަސްވުމުގައި އިތުރު އެއް އަހަރަށް އޭނާ އެޓީމުގައި މަޑުކުރުވުމުގެ ފުރުސަތު ޔުނައިޓެޑަށް އޮންނާނެއެވެ. 

ޔުނައިޓެޑަށް ޑެހޭއާގެ ކޮންޓްރެކްޓް އައުކުރުމުގެ ފުރުސަތު ބޮޑުވެގެންދިޔައީ ރެއާލް މެޑްރިޑްއިން އައު ކީޕަރަކު ގެންދިޔުމާއި ގުޅިގެންނެވެ. އެގޮތުން ރެއާލްއިން ވަނީ ޗެލްސީއަށް ކުޅެމުން ދިޔަ ބެލްޖިއަމްގެ ކީޕަރު ތީބައު ކޯޓުއާ އެޓީމަށް ގެނެސްފައެވެ. އޭނާ ރެއާލްއަށް ގެންދިޔައީ 35 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

2015 ވަނަ އަހަރުން ފެށިގެން ރެއާލްއިން އަންނަނީ ޑެހޭއާ ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރަމުންނެވެ. 2011 ވަނަ އަހަރު އެޓްލެޓިކޯ މެޑްރިޑްއިން ރެއާލްއަށް ބަދަލުވި ޑެހޭއާ ވަނީ ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދާފައެވެ. ޔުނައިޓެޑުން އުއްމީދުކުރާ ގޮތުގައި އޭނާ ރެއާލްއާއެކު ސޮއިކުރާނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައެވެ. 

ޑެހޭއާ ވަނީ ޔުނައިޓެޑަށް މިހާތަނަށް 316 މެޗު ކުޅެދީ އެޓީމާއެކު ޕްރިމިއާ ލީގަކާއި ޔުއެފާ ޔުރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް