22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އަމާނާ ތަކަފުލް

އަމާނާ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

  • ފައިދާގެ ގޮތުގައި ހިއްސާ ދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ %7.5 ދިނުމަށް ވަނީ ނިންމާފައި
  • ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 9.7 މިލިއަން ދިވެހިރުފިޔާ ވަނީ ލިބިފައި ޖުލައި މަހުގެ ނިޔަލަށް
ސިމާހާ ނަސީމް | sim_kamana

| 14 އޯގަސްޓު 2018 | އަންގާރަ 13:01 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އަމާނާ ތަކަފުލްގެ 2017 ވަނަ އަހަރީ ޖަލްސާގެ ތެރެއިން -- އަމާނާތަކާފުލް މޯލްޑިވްސް

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕީއެލްސީ އިން 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ވިޔަފާރީގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާ ދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ %7.5 ދިނުމަށް ވަނީ ނިންމާފައެވެ.

ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 2018 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހާ ހަމައަށް 9.7 މިލިއަން ދިވެހިރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާ އަޅާބަލާއިރު 102 އިންސައްތައިގެ ކުރިއެރުމެކެވެ.

މައިގަނޑު (ތަކަފުލް) ކްލާސްތަކުން ލިބުނު ކުރިއެރުމާ އެކު ކުންފުނީގެ ގްރޮސް ރިޓްން ޕްރީމިއަމް (ޖުމްލަ އާމްދަނީ)ގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު ފާހަގަ ކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެކެވެ.

އެކިއެކި ހާދިސާތަކުގައި ގެއްލުން ލިބުނު ބައިވެރިންނަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 23.1 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ބައިވެރިންނަށް ބަދަލު ދިނުމަށް ފަހު ރިސްކް ފަންޑަށް ވަނީ 137 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ކުންފުނީގެ ހިއްސާދާރުންގެ ފަންޑު ވެސް ވަނީ 2017 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 92 އިންސައްތަ އިތުރުވެފައެވެ. ކުރިއެރުން ލިބިފައި ވަނީ އިންވެސްޓްމަންޓްތަކާއި އަދި އެހެނިހެން އާމްދަނީ އިތުރުވެގެން ދިއުމުގެ ސަބަބުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ޚިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑުތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރު ކަމަށާއި ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް 'ސާޕްލަސް' އާއި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވުނު ހިސާބުން ދަނީ ކެނޑިނޭޅިދެމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވަނީ 30 އޯގަސްޓް ވަނަ ދުވަހާ ހަމައަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް