17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޕީޕީއެމްގެ މައްސަލަ

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

  • މިހާރު ވެސް ޕީޕީއެމް ތަމްސީލް ކުރަމުންދާ ކައުންސިލަރުންނަށް ފުރުސަތު ދީފައެއް ނުވޭ
ސަހުބާން ފަހުމީ | sahubaan

| 27 ޖެނުއަރީ 2017 | ހުކުރު 01:37 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރައީސް މައުމޫން ފެކްޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެެރެއިން -- ފޭސްބުކް

އެޕްރީލް މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕީޕީއެމްގެ ޕްރައިމެރީގައި އިންތިހާބް ނުބާއްވަން ނިންމި ދާއިރާތަކުން އެކިފަރާތްތަކަށް ޕާޓީގެ ޓިކެޓް ދިނީ ވަކި ބައެއްގެ ނުފޫޒުން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.

ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ޕީޕީއެމްގެ ޕްރައިމެރީއާ ބެހޭ ގޮތުން ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި 276 ދާއިރާ އަކުން މެންބަރުން ކުރިމަތި ލާފައިވާއިރު 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވާ ޓިކެޓް ދީފައިވަނީ ވަކި ބައެއް ނުފޫޒުން ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީ.ޕީ.އެމް ޕްރައިމަރީގައި ވާދަކުރުމަށްޓަކައި، ޕީ.ޕީ.އެމް އުފެދުނީއްސުރެ ޕާޓީއަށް ވަރަށް ގިނަ ގުނަ ޚިދުމަތް ކުރައްވައި، މިހާރުވެސް އެތައް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ މެންބަރުން ކުރިމަތިލައްވާފައި ވެއެވެ. އަދި ކުރީ އަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީ.ޕީ.އެމްގެ ޓިކެޓްގައި ވާދަކޮށް އިންތިޚާބުވެފައިވާ ފަރާތްތައްވެސް މިފަހަރު ވާދަކުރުމަށްޓަކައި ފޯމް ހުށަހަޅާފައިވާ ކަަމށާއި ނަަމަވެސް އެ ފަރާތްތަކަށް ޕާޓީގެ ޓިކެޓް ނުދީ ވަކިބަޔަކު ބޭނުންވާ ބަޔަކަށް ޕާޓީގެ ޓިކެޓް ދީފައިވާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަަމަށް ބަޔާނުގައި ބުނެފައިވެއެވެ،

ބަޔާނުގައި ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލް އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން، ޕީ.ޕީ.އެމް ނަމުގައި ލޯކަލް ކައުންސިލުން އިންތިޚާބަށް ކުރިމަތިލާން ފުރުސަތު ހުޅުވައި، އަދި ޕްރައިމެރީގެ އިންތިޚާބު މިމަހު 27 ގައި ބޭއްވުމަށް ނިންމައި، ޕީ.ޕީ.އެމް ޕްރައިމަރީ ގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރެވޭނީ ވަކި ވަރަކަށް ޕޮއިންޓު ލިބިފައިވާ ފަރާތްތަކަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަވާ ފަރާތުން ހާމަކޮށްފައިވާ ފަދައިން ޕޮއިންޓް ދޭ އުސޫލުން ޕޮއިންޓް ދިނުމަށްފަހު، މިހާރުވެސް ކައުންސިލްތަކުގައި ޕީ.ޕީ.އެމް ތަމްސީލު ކުރަށްވަމުން ގެންދަވާ އެތައް ފަރާތްތަކަކަށް 75 ޕޮއިންޓް މާކްސް ހަމަނުވާކަމަށް ބުނެ އެފަރާތްތަކަށް ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ވާދަނުކުރެވޭނެކަމަށް އަންގާ މެސްޖް ފޮނުވާފައިވުމުން، ޕީ.ޕީ.އެމް އަށް އިޚުލާސްތެރި އެތައް މެންބަރުންނަކަށް ޕްރައިމަރީގައި ވާދަ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާ ކަމަށް މައުމޫން ފެކްޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޕޮއިންޓް ދިން އުސޫލެއް ކުރިން ހާމަނުކުރަށްވާ އެބޭފުޅުންނަށް ޕްރައިމަރީ ގައި ވާދަ ނުކުރެވެންވީ ސަބަބެއް އަންގާފައިނުވާތީ އެކަމާ ކަންބޮޑުވާ ކަަމށް ރައީސް މައޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް