17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

ޖުލައި މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 282 މިލިއަން ރުފިޔާ ލިބުނު!

  • ޖުލައި މަހު ދިވެހިރާއްޖެއަށް 2.96 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވޭ
  • އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓް ކޮށްފައިވޭ
ސިމާހާ ނަސީމް | sim_kamana

| 14 އޯގަސްޓު 2018 | އަންގާރަ 12:12 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު -- ފޮޓޯ: މުހައްމަދު ޝަރުހާން

މިއަހަރުގެ ޖުލައި މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 282 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ހުސްވި ޖުލައި މަހު 11 އިންސައްތަ އިތުރުވެފައެވެ. ފާއިތުވި ޖުލައި މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 30 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައި ވަނީ 254 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް 2.96 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓް ކޮށްފައިވާއިރު، ޗައިނާ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސައްތަ މުދާ ވަނީ އެތެރެ ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު 203 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ 263 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ޖުލައި މަހު އެކްސްޕޯޓް ކުރި މުދަލުގެ 26 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓް ކޮށްފައިވާއިރު، އިނގިރޭސި ވިލާތަށް 19 އިންސައްތަ އަދި ޖަރުމަން ވިލާތަށް 16 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން އެމެރިކާއަށް 9 އިންސައްތަ ވަނީ އެކްސްޕޯޓް ކުރެވިފައެވެ.   

ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 38 އިންސައްތަ ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް