23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ޑީޖޭއޭ

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

  • ލޯ ރިޕޯޓް ޑޭޓާބޭސްގެ މޯބައިލް އެޕްލިކޭޝަން އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑްކުރެއްވޭނެ
ސަހުބާން ފަހުމީ | sahubaan

| 26 ޖެނުއަރީ 2017 | ބުރާސްފަތި 23:59 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ޑިޕާޓްމެންޓް ފޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ތައްޔާރު ކޮށްފައިވާ "ލޯ ރިޕޯޓްސް ޑޭޓާ ބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފް ކޮށްފިއެވެ.

ލޯ ރިޕޯޓްސް ޑޭޓާބޭހަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި ހަވާލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައި ކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ފެންނަން ހުންނާނޭހެން ތައްޔާރުކުރެވިފައިވާ ޑޭޓާބޭހެކެވެ.

ޤާނޫނުތައް ގިންތިކޮށްގެން ތައްޔާރުކޮށްފައިވާ މި ޑޭޓާބޭސްގައި، ކޮންމެ ޤާނޫނެއްވެސް ފެނިގެންދާއިރު، އެ ޤާނޫނަށް އިޞްލާޙެއް އައިސްފައިވާނަމަ، އެ އިޞްލާޙެއް އައިސްފައިވާކަން، ވާތްފަރާތުގެ މަތީގައިވާ "އިތުރު މައުލޫމާތު" ލިންކްއިން ހައިލައިޓްވެފައި ހުރެއެވެ.

މި ޑޭޓާބޭހުގެ ލޯ ރިޕޯޓިންގ ސްކްރީންތައް ބަހާލާފައިވަނީ ފަސް ބަޔަކަށެވެ. އެއީ ޤާނޫނު، ޤަވާއިދު، އުސޫލު، ޤަރާރު އަދި ޝަރުޢީ ޙުކުމެވެ. ކޮންމެ ސްކްރީނެއްވެސް ފަރުމާ ކުރެވިފައިވަނީ އެ ސްކްރީނެއްގައި ހިމެނޭ ގިންތިއެއްގައި އެކުލެވޭ ބައިތައް ފިލްޓަރ ކުރެއްވޭ ގޮތަށް، އަދި އިތުރު ސްކްރީނަކަށް ނުގޮސް ޕީޑީއެފް ބައްލަވާ ލެއްވޭ ގޮތަށެވެ. ބޭނުންފުޅު ނަމަ ޕީޑީއެފް ޑައުންލޯޑުވެސް ކުރެވެއެވެ. އަދި އިސްލާޙުތަކާއި އެއަށް ޙަވާލާދީ ކޮށްފައިވާ ޝަރުޢީ ޙުކުމްތައްވެސް އިތުރު ސްކްރީނަކަށް ނުގޮސް ބަލާލެވެއެވެ.

ލޯ ރިޕޯޓް ޑޭޓާބޭސްގެ މޯބައިލް އެޕްލިކޭޝަން އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑްކުރެއްވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް