21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ނޯވޭ

ލޯބިވެރިޔާއާ އެކު ކުރެއްވި ދަތުރުފުޅަށް ފަހު ނޯވޭގެ މިނިސްޓަރަކު އިސްތިއުފާދެއްވަން ޖެހިއްޖެ

  • ޕަރ ސެންޑްބަރގް އީރާނަށް ވަޑައިގެންނެވީ ސަރުކާރުން ދީފައި އޮންނަ ފޯނު ހިއްޕަވައިގެން
  • ސެންޑްބަރގްގެ ލޯބިވެރިޔާއަކީ ނޯވޭގެ ރައްވެހިކަން ވެސް އޮންނަ ފަރާތެއް
އަބުދުﷲ މުހައްމަދު | 8Abbo

| 14 އޯގަސްޓު 2018 | އަންގާރަ 08:34 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ފިޝަރީޒް މިނިސްޓަރކަމުގެ މަގާމުން އިސްތިއުފާދެއްވި ޕަރ ސެންޑްބަރގް (ވ) އަދި ބޮޑުވަޒީރު އަރނަ ސޮލްބީގް -- ބީބީސީ

އިރާނަށް ކުރެއްވި ދަތުރުފުޅެއްގައި ސަލާމަތީ ޕްރޮޓޮކޯލްއާ ޚިލާފަށް އަމަލުކުރެވިފައިވާތީ ނޯވޭގެ ފިޝަރީޒް މިނިސްޓަރ، ޕަރ ސެންޑްބަރގް އިސްތިއުފާ ދެއްވައިފިއެވެ.

އުމުރުފުޅުން 58 އަހަރުގެ ޕަރ ސެންޑްބަރގް އިސްތިއުފާ ދެއްވީ އީރާނަށް އުފަން ލޯބިވެރިޔާ، އުމުރުން 28 އަހަރުގެ ބަހާރޭ ލެޓްނެސްއާ އެކު އެ ގައުމަށް ކުރެއްވި ޗުއްޓީ ދަތުރުފުޅުގައި ސެކިއުރިޓީ ޕްރޮޓޮކޯލްއާ ޚިލާފަށް ކުރެއްވުނު ކަންކަމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހުއެވެ.

އޭނާ އެ ދަތުރުފުޅުގައި ވަޑައިގެންފައިވަނީ ބޮޑުވަޒީރަށް އެންގެވުމެއް ނެތި އަދި ސަރުކާރުން ދީފައި އޮންނަ ފޯނު ވެސް ހިއްޕަވައިގެންނެވެ.

މަގާމު މަސްއޫލިއްޔަތާ ގުޅުން ހުރި ކަންކަމަށް ދެއްވާފައިވާ ފޯނު އީރާނަށް ގެންދެވުމުން އީރާނުގެ ޖާސޫސީ ފަރާތްތަކަށް ސެންޑްބަރގްގެ ފޯނުގެ މައުލޫމާތު އެނގުމުގެ ބިރުވަނީ ހިވެފައެވެ.

ބަހާރޭ ލެޓްނެސްއަކީ އީރާނުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާއިރު އޭނާއަކީ މިހާރު މަހުގެ ވިޔަފާރި މެނޭޖްކުރާ ފަރާތެކެވެ.

އޭނާއަކީ ނޯވޭގެ ރައްވެހިކަން ވެސް އޮންނަ ފަރާތަކަށްވާ އިރު އީރާނުގެ ސަރުކާރާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އޭނާ ބުނެއެވެ.

ނޯވޭގެ އިންޓެލިޖެންސުން ގެންދަނީ ލެޓްނެސްގެ ހަރަކާތްތައް ތަހުގީގުކުރަމުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ބޮޑުވަޒީރު އަރނަ ސޮލްބީގް ވިދާޅުވީ ފޯނުގެ ސެކިއުރިޓީ ޗެކެއް ހެދުމަށް ފޯނު ފުލުހުންނަށް ހަވާލުކުރުމަށް ސެންޑްބަރގްއަށް އަންގަވާފައި ވާނެ ކަމަށެވެ.

ސެންޑްބަރގް ވަނީ ވަޒީރުކަމުގެ މަގާމުގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި އޭނާ ތަމްސީލުކުރައްވާ ޕްރޮގްރެސް ޕާޓީގެ ނާއިބު ލީޑަރުކަމުގެ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ.

"ޕަރ އަމިއްލަފުޅަށް އިސްތިއުފާ ހުށަހެޅުއްވީ، އަޅުގަނޑު ގަބޫލުކުރަނީ އެއީ ރަނގަޅު ނިންމެވުމެއް ކަމަށް،" ބޮޑުވަޒީރު ސޮލްބީގް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް