26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

އޯގާވެރި ކަމާއި އިންސާފު ހޯއްދެވުމަށް އިބޫ އަށް ވޯޓު ދެއްވާ: އަލީ ހުސައިން

  • އިބޫގެ ކިބައިގައި އެ ހުރިހާ ސިފައެއް ހުންނެވިކަން ފާހަގަ ކުރެއްވި
  • ކޯލިޝަންގައި އުފެދޭ މައްސަލަތައް އޯގާވެރި ކަމާއެކު އެކު ހައްލުކޮށްދެއްވާ ބޭފުޅަކީ އިބޫ ކަން ފާހަގަ ކުރެއްވި
  • ވަކި ޕާޓީ އަކަށް ނިސްބަތް ވުމުން ތަފާތުކުރުމެއް ނުގެންގުޅުއްވާކަން ފާހަގަ ކުރެއްވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 14 އޯގަސްޓު 2018 | އަންގާރަ 00:23 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަލީ ހުސެއިން ވާހަކަދައްކަވަނީ -- ގޫގުލް

އުފާވެރިކަމެއް ރައްޔިތުންނަށް ހޯދޭނީ އެއިރެއްގައި އޮންނަ ސަރުކާރެއްގައި އޯގާވެރި ކަމާއި އިންސާފު އޮވެގެން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ 13 ރަށަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ކެމްޕޭން ޓީމުން ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޅުފުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އޯގާވެރި ކަމާއި އިންސާފު ނެތް ރައީސަކަށް، އޯގާވެރި ކަމާއި އިންސާފު ނެތް ސަރުކާރަކަށް ރައްޔިތުންނަށް ހޯދައިދެވޭނެ އެއްވެސް އުފާވެރި ކަމެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕިގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ގެ ކިބައިގައި އެހުރިހާ ސިފައެއް ހުންނެވި ކަން އަލީ ހުސައިން ވަނީ ފާހަގަ ކުރައްވާފައެވެ.

އަލީ ހުސައިން ވިދާޅުވީ އިބޫ އަކީ ވަރަށް އޯގާތެރި ބޭފުޅެއް ކަމަށާއި އެގޮތުން ކޯލިޝަންގައި މަސައްކަތް ކުރައްވާ އެކި ޕާޓީތަކަށް ނިސްބަތްވާ ތަފާތު ޚިޔާލު ތަކުގެ މެންބަރުންގެ މެދުގައި އުފެދޭ ގިލަން ވެރިކަމާއި، އާހާއި، އަނިޔާވެރި ކަމާއި ދެކޮޅަށް މަސައްކަތް ކުރާއިރު އުފެދޭ މައްސަލަތައް އޯގާވެރި ކަމާއެކު އެކު ހައްލުކޮށްދެއްވާ ބޭފުޅަކީ އިބޫކަމަށެވެ. އިބޫ އަޑު އުފުއްލަވާ ރުޅި އިސްކުރައްވާ އެއްޗެއް ވިދާޅުވާ އަޑެއް ދުވަހަކުވެސް އަހާފައި ނުވާ ކަމަށާއި ކޯލިޝަން ގިނަ ދުވަސް ތަކެއް ވަންދެން ދެމި އޮތުމުގެ ސިއްރަކީ ހަގީގަތުގައި އިބޫ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަކި ޕާޓީ އަކަށް ނިސްބަތް ވުމުން ތަފާތު ކުރައްވާފައި ނެތް ކަން ފާހަގަ ކުރައްވާ އަލީ ހުސައިން ވިދާޅުވީ ނޮވެމްބަރު މަހުގެ 17 ގައި ރައީސްކަމުގެ ހުވާ އިބޫ ކުރައްވައިފިނަމަ ދިވެހި ރައްޔިތުންނަށް ލިބިފައި ނުވާ އިންސާފު ޔަގީނުންވެސް ލިބޭނެ ކަމަށެވެ. ހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ނަމަ އަދި އިންސާފު ހޯއްދަވަން ބޭނުން ކަމުގައި ވާނަމަ އިބޫއަށް ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ބޮޑު ތިލަދުންމަތީގެ ތިން ދާއިރާއެއް އަނިޔާވެރި ސުނާމީ އަކުން ގިރުވާލާފައި ހުންނެވި ރައީސަކަށް ރައްޔިތުންނަށް ހޯދައިދެވޭނެ އުފާވެރި ކަމެއް ނޯންނާނެ ކަމަށެވެ. އެގޮތުން އިހަވަންދޫ ދާއިރާއާއި، ދިއްދޫ ދާއިރާ ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލާފައިވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ވެސް ރާއްޖެގޭ 80 ހާސް ރައްޔިތުންގެ އަޑު ކަނޑުވާލައްވަފައި ހުންނެވި އަނިޔާވެރި ވެރި އަކަށް ރައްޔިތުންނަށް ހޯއްދަވާއިދެއްވޭނެ އެއްވެސް އުފާވެރިކަމެއް ނޯންނާނެ ކަމަށްވެސް އަލީ ހުސައިން ވަނީ ވިދާޅުވި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް