16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ކުޅުދުއްފުށި ސިޓީއަކަށް ހަދައި، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނަން: އިބޫ

  • ބަނދަރުން ނަގާ ޓެކްސާއި ޑިއުޓީއަށް ހެޔޮ ބަދަލު ގެންނާނަން: އިބޫ
  • މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެ ކަމަށް ވިދާޅުވި
  • ކުޅުފުއްފުއްޓަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި
ޙުސައިން ޙަސަން | hucenhassan

| 13 އޯގަސްޓު 2018 | ހޯމަ 23:22 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ކުޅުފުއްފުށީގައި އިބޫ: ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހދ. ކުޅުފުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށާއި އިގްތިސާދީ ވަސީލަތްތަކާއެކު އާބަން ސެންޓަރަކަށް އެ ރަށް ހައްދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ.ގެ 13 ރަށަކަށް އިބޫ ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޅުފުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އާބަން ސެންޓަރުތަކެއް ގާއިމު ކުރައްވާނެ ކަމަށެވެ. އެގޮތުން އުތުރުގައި ގާއިމު ކުރާ އާބަން ސެންޓަރަކަށް ވެގެންދާނީ ކުޅުދުއްފުށީ ކަމަށް އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި ކުޅުފުއްފުށީ ހަމަޖެއްސެވުމަށްފަހު، ކުޅުފުއްފުށީ އިންޓަނޭޝަނަލް ބަނދަރަށް ގެންނަ މުދަލުން ނަގާ ޓެކްސާއި ޑިއުޓީއަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސިޓީއެއްގެ ދަރަޖަ ކުޅުފުއްފުއްޓަށް ވަރަށް އަވަހަށް ދޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިގްތިސާދުގައި ރާއްޖޭގެ އުތުރުާއި ދެކުނާއި މެދުތެރޭގައި އާބަން ސެންޓަރުތަކެއް ގާއިމު ކުރުމަށް ވަނީ ކަނޑައަޅާފަ. އެގޮތުން މާލެއިން އުތުރުގައި ކަނޑައެޅޭ އެއް އާބަން ސެންޓަރަކަށް މިތަން ވެގެންދާނެ ކަމުގައި ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މިހާރު ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލާނެ ކަމަށާއި ނަމަވެސް އުސޫލުން ބޭރުން ވެފައިވާ އެގްރިމެންޓުތައް ބަލައި ބަދަލު ގެންނާނެ ކަމަށެވެ.

ކުޅުފުއްފުށީގައި އަޅަން ފަށާފައިވާ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެއާޕޯޓުގެ މަސައްކަތް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ނިންމާނެ ކަމަށެވެ.

"އެގްރިމެންޓުތައް ގާނޫނާ ހިލާފަށް ގަވާއިދާ ހިލާފަށް، އުސޫލުން ބޭރުންކޮށްފައި ހުރި ކަމަށް ވަންޏާ، އެ ބަލައި އެއަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނެ ވާހަކަ ދަންނަވާލަން،" އިބޫ ވިދާޅުވިއެވެ.

ބާރަހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުފުއްފުއްޓަށް އިބޫ ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ރައްޔިތުންގެ ހިޔާލާ އެކު ކުޅުފުއްފުށީގައި އިތުރު މަގުތައް ތަރައްގީ ކުރާނެ ކަމަށާއި ބޯހިޔާވަހިކަން އެންމެންނަށް ހޯދަވައި ދެއްވާނެ ކަމަށާއި ވިޔަފާރި ބަނދަރެއް ވެސް ހައްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ކުޅުފުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް