17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސި އިންތިޚާބު 2018

ރައީސް ޔާމިން ވަނީ އަމާނާތަށް ހިޔާނަތްތެރިވެފަ: މަލީހް

  • ރައީސް ޔާމީނަށް ގައުމުގައި މައްސަލަތަކަށް ހައްލު ހޯދާ ނުދެއްވުނު ކަމަށް ވިދާޅުވި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 13 އޯގަސްޓު 2018 | ހޯމަ 23:17 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


މީދޫގައި ބޭއްވި ޖަލްސާގައި މަލީހް ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖޭގެ ވެރިކަން ހަވާލު ކުރުމުން ރައީސް އަބްދުﷲ ޔާމީން ވަނީ އެ އަމާނާތާ ހިޔާނާތްތެރިވެފައި ކަމަށް ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މަލީހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަތަކާ ވެސް ހިލާފުވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން އެމަނިކުފާނު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން ނަންގަވަނީ މުސާރަ އެއްކޮން މަލީހް ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ ވެރިކަމަށް ފަހު ވެސް އުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އުޅުއްވިގެކޮޅު ވެސް މިހާރު ނެތް ކަމަށްވެސް މަލީހް ވިދާޅުވި އެވެ.

އޭގެއިތުރުން މަލީހު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކަށް ވެސް ހައްލެއް ނުގެނެވުނު ކަމަށެވެ. އަދި މަލީހް ވަނީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، އޮންނަ ރީތި އުސޫލަކީ ރައީސަކު އިތުރު ދައުރަކަށް ކުރިމަތިލާއިރު އެ ހުންނަވާ ނައިބު ރައީސަކާއެކު ކުރިމަތިލުން ކަމަށެވެ. ނަމަވެސް މިހާރު ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދު ދޫކޮށްލައްވާފައި ރަނިންމޭޓްކަން ދިނުމުން ޝަހީމްގެ ދުރޫސުލް އަހްލާގުގެ މިންވަރެއް ހުރި ނަމަ އެކަން ގަބޫލެއް ނުކުރެއްވީސްކަމަށް މަލީހް ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް