13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިޚާބު 2018

ރިޓަޔަރމެންޓް އުމުރު މަތިކުރަން އުޅެނީ 5000ރ ގެ އިނާޔަތް ކަނޑާލަން: ޝާހިދު

  • ބަދަލު ގެނެސްފިނަމަ 65 އަހަރުން މަތީގެ ބޭފުޅުންނަށް ދެމުން އަންނަ އެލަވަންސް ކެނޑިގެންދާނެ
  • ކުޅުދުއްފުއްޓަކީ އިސްލާހުގެ މަސައްކަތް ފެށިގެންދާ މަރުކަޒު
މިއުވާން މުހައްމަދު | Miuvaan

| 13 އޯގަސްޓު 2018 | ހޯމަ 23:10 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ޝާހިދު ކުޅުދުއްފުށީ ޖަލްސާގައި ވާހަކަ ދައްކަވަނީ -- އެމްޑީޕީ

ރިޓަޔަރމެންޓް އުމުރު މަތިކުރަން ރައީސް ޔާމީން މަސައްކަތްކުރައްވަނީ މަންޒަރު ރީތިކުރެއްވުމަށްފަހު އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ 5000ރ ގެ އެލަވަންސް ކަނޑާލަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީގައި ހޯމަ ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއިއެކު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ ޝާހިދު ވިދާޅުވީ ސަރުކާރުން އެބުނާ ބަދަލު ގެނެސްފިނަމަ 65 އަހަރުން މަތީގެ ބޭފުޅުންނަށް ދެމުން އަންނަ އެލަވަންސް ކެނޑިގެންދާނެކަމަށެވެ. އަދި އެކަމަށް ހޭލައްވާ، ސަމާލުވެ ތިއްބެވުމަށް ޝާހިދު އިލްތިމާސްކުރެއްވިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު އެރަށް ސިފަކުރެއްވީ އިސްލާހުގެ މަސައްކަތް ފެށިގެންދާ މަރުކަޒުގެ ގޮތުގައެވެ. އަދި އެރަށުގައި އޮގަސްޓް 1 ގައި ފްލައިޓް ޖައްސާނެކަމަށާއި، އެރަށުގެ 18 މަގެއް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދައިދޭނެކަމަށް ރައީސް ޔާމީނާއި ސަރުކާރުން ވީ ވައުދު ކޮބައިތޯ ސުވާލުކުރައްވައި، ޝާހިދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން މިއަދުގެ ސަރުކާރަށާއި ޔާމީނަށް ބުނުނީ ފުދިއްޖެކަމަށެވެ. އަދި ރައްޔިތުން ޔާމީނަށް ނޫނެކޭ ބުނެ، ދެން ދުވަހަކުވެސް ޔާމީނަށް ފުރުސަތު ނުދޭނަމޭ ބުނަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް ޔާމީން ރަށްރަށް ވަޑައިގަންނަވާ މަދު ފަހަރަކުވެސް ރަށުގެ ރައްޔިތުންނާއި ބައްދަލުނުކުރައްވާތީ އެކަމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުންގެ އެދުންތައް އެނގިވަޑައިނުގަންނަވާނެކަމަށާއި، އެ އެދުންތައް ފުއްދަވައި ނުދެއްވޭނެކަމަށެވެ. ސަބަބެއްކަމަށް ޝާހިދު ވިދާޅުވީ ރައީސް ޔާމީން ރަށްރަށުގައި ވަޑައިގަންނަވަނީ ބަރުހަތިޔާރާއިއެކު ރާޅުފަށާއި ހަމަޔަށްކަމަށެވެ.

މީގެ އިތުރުން މިސަރުކާރުގެ ވައުދުތައް ނުފުއްދި ދައުރު ނިމޭއިރު ރައްޔިތުން އެވައުދުތަކާއި ބެހޭ ގޮތުން ސުވާލުކުރަމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ބެޔަސް ނުބެޔަސް މަސްވެރިންނަށް ދޭން ބުނި 10 ހާސް ރުފިޔާއާއި، ދަނޑުވެރިންނަށް ދޭން ބުނި 8 ހާސް ރުފިޔާއާއި، އާއިލީ ޑޮކްޓަރު ފަދަ ވައުދުތައް ޝާހިދު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް، އަލަތު ކައިވެންޏާއިއެކު ދޭން ބުނި ފްލެޓް ނުދެވިގެން އުޅޭއިރު ބްރިޖް މަތީގައި ކައިވެނިކުރާ ވާހަކަ ދައްކާއިރު، ކައިވެނިކޮށްގެން ވަންނަނީ ބްރިޖް ދަށަށްތޯ ޝާހިދު ސުވާލުކުރެއްވިއެވެ.

ޝާހިދުގެ ވާހަކަފުޅު ނިންމަވާލެއްވީ ރީރަޖިސްޓަރވިތޯ ޗެކްކުރުމަށާއި، ވޯޓުލާން އޮތީ ކޮން ފޮއްޓަކަށްތޯ ޗެކްކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް