19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އިންޑޮނޭޝިއާ

ފްލައިޓް ވެއްޓުމުގެ ހާދިސާގައި ސަލާމަތްވީ 12 އަހަރުގެ ކުޑަ ކުއްޖާ އެކަނި!

  • ފްލައިޓުން ދަތުރުކުރަމުން ދިޔައި ދެ ޕައިލެޓުންނާއި ހަތް ޕަސެންޖަރުން
  • ފްލައިޓް، ކޮންޓްރޯލް ޓަވަރާ މުވާސަލާތު ގެއްލުނީ ފްލައިޓް ދާން އޮތް މަންޒިލަށް ޖެއްސުމުގެ ކުޑަވަގުތުކޮޅެއް ކުރިން
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 އޯގަސްޓު 2018 | ހޯމަ 19:08 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އިންޑޮނޭޝިއާ އާއި އަދިވެސް ބައެއް ގައުމުތައް ހިމެނޭ މެޕެއް -- އޭއެފްޕީ

އިންޑޮނޭޝިއާގެ ޕްރޮވިންސެއް ކަމަށްވާ ޕަޕުއާގައި ކުޑަ ކޮމާޝަލް ފްލައިޓެއް ވެއްޓުމުގެ ހާދިސާގައި މަރުނުވެ ސަލާމަތްވީ 12 އަހަރުގެ ކުޑަ ކުއްޖެއް ކަމަށް އޮފިޝަލުން އާދީއްތަ ދުވަހު ބުނެފައެވެ. 

އެ ފްލައިޓުން ދަތުރުކުރި މީހުންގެތެރެއިން 12 އަހަރުގެ ކުޑަ ކުއްޖާ ފިޔަވައި، ބޯޓުން ދަތުރުކުރި އަށް މީހަކު ވަނީ މަރުވެފައެވެ. 

ސްވިޓްޒަލޭންޑުގައި އުފައްދަފާއިވާ ޕައިލޭޓަސް ޕީސީ-6 އަކީ އެއް އިންޖީނުލީ ކުޑަ ފްލައިޓަކަށްވާއިރު، އެ ފްލައިޓަކީ ޑައިމޮނިން އެއާރ އިން އޮޕަރޭޓް ކުރާ ފްލައިޓެކެވެ. އެ ފްލައިޓް ގެއްލުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ ބޮވްން ޑިގަލް ޑިސްޓްރިކްޓްގެ ޓަނަ މެރަ އިން ޕެގުނަންގަން ބިންޓަންގް ޑިސްޓްރިކްޓްގެ ވެރިރަށް އޮކްސްބިލް އަށް ކުރި ދަތުރުގައެވެ. ފްލައިޓް ކުރަމުން ދިޔައީ 45 މިނެޓުގެ ދަތުރެކެވެ. އޮފިޝަލުން ބުނެފައި ވަނީ ބޯޓު ވެއްޓުނީ އޮކްސިބިލް އެއާރޕޯޓު ކައިރިއަށް ކަމަށެވެ. 

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މަރުނުވެ ސަލާމަތްވި ކުއްޖާ އަކީ ނަމަކަށް "ޖުމައިދީ" ކިޔާ ކުއްޖެކެވެ. އަދި އެ ކުއްޖާ ވަނީ އޮކްސިބިލްގެ ހޮސްޕިޓަލަކަށް ގެންދެވިފައި ކަމަށް ރިޕޯޓުތައް ބުނާއިރު، އޮފިޝަލުން ބުނެފައި ވަނީ މަރުނުވެ ސަލާމަތްވި ކުއްޖާގެ ހޭހުރި ކަމަށެވެ. އަދި އިތުރު ތަފްސީލެއް އޮފިޝަލުން ނުދެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް