15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ރިޔާސީ އިންތިހާބު 2018

ތައުލީމީ ސިޔާސަތުގެ ތެރެއިން، ސްކޫލުތަށް އެއްދަންފަޅިއަށް ބަދަލުކުރާނަން: އިބޫ

  • ވައިކަރަދޫ ސްކޫލުގެ މަސައްކަތް ހުއްޓިފައިހުރި އިމާރާތް ނިންމާނަން
  • ވައިކަރަދޫ ނަރުދަމާ ގާއިމްކުރައްވާނެކަމަށް ވިދާޅުވި
  • ހދ. އަތޮޅުގައި ރިސޯޓް ތަރައްޤީކުރައްވާނެކަމަށްވެސް ވިދާޅުވި
މުހަންމަދު ވިސާމް | sampathmasiw

| 13 އޯގަސްޓު 2018 | ހޯމަ 16:08 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ތައުލީމީ ސިޔާސަތުގެ ތެރެއިން ސްކޫލުތަށް އަނެއްކާވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވައިކަރަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެރަށު ސުކޫލުގައި އިމާރަތް ކުރަމުންދާ ނުވަ ކުލާހުގެ އިމާރްތް ހުއްޓިފައިވާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އެ ކުލާސްރޫމްތަށް ނިންމާ، ތައުލީމީ ސިޔާސަތުގެ ތެރެއިން އެރަށުގެ ސުކޫލް ވެސް އެއްދަންފަޅިއަށް ބަދަލުކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އަނެންކާވެސް ސުކޫލުތަށް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ސުކޫލްތަށް އެއްދަންފަޅިއަކަށް ބަދަލުކުރަންފެށީ އެމްޑީޕީގެ ވެރިކަމުގައި ވަށާއިޖެހޭ ތައުލީމުގެ ސިޔާސަތުގެ ތެރެއިންނެވެ.

"ނުވަ ކުލާހެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށާއި ހުއްޓިފާ އޮތް ވާހަކަ، އަޅުގަނޑުމެން ވެރިކަމުގައި ތައުލީމީ ސިޔާސަތުގެ ތެރެއިން ސްކޫލުތަށް އަނެއްކާވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނަން، އެގޮތުން މި ރަށުގައި ނުނިމިހުރި އިމާރާތުގެ މަސައްކަތް ފަށާ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ނިންމާ، މި ރަށުގެ ސުކޫލުތަށް ވެސް އެއްދަންފަޅިއަށް ބަދަލުކުރާނެ ވާހަކަ އަޅުގަނޑު މި ފުރުޝަތުގައި ދަންނަވަން" ވައިކަރަދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

ހދ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ހދ. އަތޮޅަކީ ރިސޯޓް މަދު އަތޮޅެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުގެ ތެރެއިން ވައިކަރަދޫ ކައިރީގައި ރިސޯޓެއް ތަރައްގީކުރެވޭނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަން އަރުވާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެއްގައި ވަކި ރަށެއް ބެލުމެއްނެތި ހުރިހާ ރަށެއްގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރާނެކަމަށާއި، އެގޮތުން ވައިކަރަދޫގައިވެސް ނަރުދަމާ ނިޒާމް ޤާއިމްކުުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަނީ އެ އަތޮޅު ނޮޅިވަރަންފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށް ވަޑައިގެންފައެވެ. މިއިން ކޮންމެ ރަށަކުން އިބޫ އަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު، ނެއްލައިދޫ އަދި މަކުނުދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ހަރުގެ ވަނީ ހުޅުވައިދެއްވާފައެވެ. ހޯމަ ދުވަހު އެމަނިކުފާނު ނޭކުރަންދޫއަށް ވަޑައިގެންނެވުމަށް ފަހު ވައިކަރާދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް