19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އުތުރު ކޮރެއާ-ދެކުނު ކޮރެއާ

ދެ ކޮރެއާގެ ވެރިން އަންނަ ސެޕްޓެމްބަރު މަހު ބައްދަލު ކުރައްވަނީ

  • ދެގައުމުގެ ވެރިން އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ އޭޕްރީލް މަހު
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 އޯގަސްޓު 2018 | ހޯމަ 15:13 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- އޭއެފްޕީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންޔަންގ ގައި ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ދެކޮރެއާ ގެ އޮފިޝަލުން ވަނީ ދެގައުމުގެ ވެރިންގެ ބައްދަލުވުމާ ބެހޭގޮތުން "ކޮރެއަން ޑީމިލިޓަރައިޒްޑް ޒޯން" ގައި ހޯމަ ދުވަހު ބައްދަލު ކުރައްވާފައެވެ. "ކޮރެއަން ޑީމިލިޓަރައިޒްޑް ޒޯނަކީ" ދެކޮރެއާ ސަރައްދުގައިވާ އެއްވެސް ހަނގުރާމަވެރި އާލާތެއް ނޫނީ ސިފައިން ގާއިމުވެ ނެތް ޒޯނެކެެވެ. 

ހޯމަ ދުވަހު އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ އޮފިޝަލުން ބައްދަލު ކުރެއްވުމަށް ފަހު ނެރުނު ޖޮއިންޓް ބަޔާނުގައި، ދެގައުމުގެ ވެރިންގެ ބައްދަލުވުން އޮންނާނެ ސީދާ ތާރީޚެއް ހާމަކޮށްފައިނުވެއެވެ. އަދި ދެގައުމުގެ ވެރިންގެ މެދުގައި ކުރިން ވެވުނު އެއްބަސްވުމަށް އަމަލު ކުރާނެ ގޮތެއްވެސް ހާމަކޮށްފައެއް ނުވެއެވެ. މިއަހަރު އޭޕްރީލް އިން ފެށިގެން އުތުރު ކޮރެެއާ އާއި ދެކުނު ކޮރެއާގެ ވެރިން ބާއްވާ ތިންވަނަ ބައްދަލުވުން ސެޕްޓެމްބަރު މަހު ބާއްވާއިރު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބާއްވަވާފައިވާ ބައްދަލުވުމުން އެދެވޭ ނަތީޖާ އެއް އަދިވެސް ނުނެރެވެއެވެ. 

ދެކުނު ކޮރެއާ އިން އަންނަނީ އެމެރިކާ އާއި އުތުރު ކޮރެއާ އާ މެދު އޮތް ހިޔާލު ތަފާތުވުންތަކާއި އަދި ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. 

ބައިނަލްއަގްވާމީ މުޖުތަމައު އިން އުތުރު ކޮރެއާ އަށް ގޮވާލަމުން ގެންދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށެވެ. އަދި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެެވެ. އެެހެންނަމަވެސް އެކަމަށް އުތުުރު ކޮރެއާ އިން އިޖާބަ ނުދޭތީ ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް