19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އިންޑޮނޭޝިއާ

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުން އަދަދު 436 އަށް އަރައިފި

  • މި ތަފާސްހިސާބު ހާމަކޮށްފައި ވަނީ ހޯމަ ދުވަހު
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 އޯގަސްޓު 2018 | ހޯމަ 14:48 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އާދީއްތަ ދުވަހު އިންޑޮނީޝިއާގެ ލޮމްބޮކް އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް -- ބީބީސީ

އިންޑޮނޭޝިއާގެ ރަށެއް ކަަމަށްވާ ލޮމްބޮކް އަށް އޯގަސްޓް ފަސްވަނަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 430 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ބިންހެލުމުގެ ސަބަބުން އިގްތިސާދީ ގޮތުން ލިބުނު ގެއްލުން އެތައް ސަތޭކަ މިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ލޮމްބޮކް އައި ބިންހެލުމުގައި 436 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން ގިނަ މީހުން މަރުވީ ބިންހެލުމާއި ގުޅިގެން އިމާރާތްތައް ބިންމައްޗަށް ވެއްޓުމުގެ ސަބަބުންނެވެ. އިންޑޮނޭޝިއާގެ ޑިޒާސްޓާ އެޖެންސީން ބުނާގޮތުން، ބިންހެލުމުގެ ސަބަބުން ގެތަކާއި، އިންފްރަސްޓްރަކްޗާ އަދި އެހެނިހެން ތަކެއްޗަށް ލިބުނު ގެއްލުން މަދުވެގެން 5 ޓްރިލިއަން ރުޕިއާ (342 މިލިއަން ޑޮލަރު) އަރާނެއެވެ. އެޖެންސީން އިތުރަށް ބުނެފައި ވަނީ އަލުން ލޮމްބޮކް އަށް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް އެތައް ސަތޭކަ މިލިއަން ޑޮަލަރު ހޭދަވާނެ ކަމަށެވެ. 

7.0 މެގްނިޓިއުޑް ގައި އައި ބިންހެލުމުގައި އެތައް ހާސް ގެއެއް ބިމާ ހަމަވެފައިވާއިރު، 35000 މީހުން ވަނީ އެބައިމީހުންގެ ގޯތިގެދޮރު ދޫކޮށްދާން ޖެހިފައެވެ. 

ނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

ބާލީ އާއި ލޮމްބޮކްގެ އާބާދީ ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާ އިރު، އަހަރެއްގެ ތެރޭގައި ދެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް