21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ވޮލީ

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

  • މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު
  • ރާއްޖޭގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރަނީ ނޭޕާލް، ދިވެހި ރާއްޖެ އަދި އީރާން
  • ވިމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަނޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން
ލީވާން އަލީ | MrLeevaan

| 26 ޖެނުއަރީ 2017 | ބުރާސްފަތި 22:43 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  4. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


އޭވީސީ ސެންޓްރަލް ޒޯންގެ ޕޯސްޓަރެއް -- ޓްވިޓަރ

ވިމެންސް ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން ޓޯނޮމެންޓްގައި ވާދަކުރާ ތިން ޓީމުންވެސް ބޭނުންވަނީ އެއްވަނަ ހޯދަންކަމަށް އެޓީމުތަކުގެ ކޯޗުން ބުނެފި އެވެ.

ހުކުރު ދުވަހު ފަށާ މި މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިރާނުގެ ގައުމީ އަންހެން ޓީމުގެ ކޯޗު މަޖްދާ ކިކިޗް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މުބާރާތަށް ހުރިހާ ޓީމެއްވެސް ނިކުންނާނީ ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ނެރެން ކަމަށާއި، އެގޮތުން އިރާންވެސް ނިކުންނާނީ ހުރިހާ މެޗަކުން މޮޅުވުމަށް ކަމަށެވެ.

އިރާން ޓީމުގެ ކެޕްޓަން ޒައިނަބު ބުނީ މި މުބާރާތް ކުޅުމަށް ރައްޖެއަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ރާއްޖޭގެ ހުރިހާ ރައްޔަތުންނަކީވެސް މުސްލިމުންކަމުގައިވުމުން އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ނޭޕާލްގެ ކޯޗު ބުނީ މުބާރާތަށް އެޓީމުވެސް ނިކުންނާނީ ދެއްކޭނެ އެންމެ ރަނގަޅު ކުޅުން ދައްކަން ކަމަށާއި، ކޮންމެ މެޗަކަށްވެސް ނިކުންނާނީ މޮޅުވާން ކަމަށެވެ. އެގޮތުން ރަނގަޅު ނަތީޖާތަކެއް މެޗުތަކުން ނެރެވޭތޯ މަސައްކަތްކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ޓީމު ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރާއްޖޭ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ މުބާރާތަށް ރާއްޖެވެސް ނިކުންނާނީ ހުރިހާ މެޗެއް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، ހުރިހާ ޓީމަކާ ދެކޮޅަށްވެސް ރަނގަޅު ފައިޓެއްދީ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ރާއްޖޭ އަންހެން ޓީމުގެ ކެޕްޓަން އައިޝަތު ޝައްފަ ބުނީ މުބާރާތަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށާއި، ފާއިތުވެދިޔަ މަހެއްހާ ދުވަސްތެރޭގައި ކޮންމެ ދުވަހަކުވެސް ދެ ތަމްރީން ސެޝަންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ މުބާރާތުގައި ރަނގަޅު ފައިޓެއް ރާއްޖޭ ޓީމުންވެސް ދޭނެ ކަމަށެވެ.

ރާއްޖޭގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރަނީ ނޭޕާލް، ދިވެހި ރާއްޖެ އަދި އީރާނެވެ. މި މުބާރާތަކީ 2018ވަނަ އަހަރު ވިމެންސް ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ އޭޝިއާ ސަރަހައްދުގެ ޓީމެއް ކަޑައެޅުމަށް ބާއްވާ ކޮލިފިކޭޝަން ބުރެވެ.
މިމުބާރާތުގައި މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލް އާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އީރާނެވެ.

މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގައެވެ. މިއީ ބައިނަލްއަގުވާމީ ވޮލީމުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް