
| 26 ޖެނުއަރީ 2017 | ބުރާސްފަތި 22:10 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ސްޓެފަން ކޫރްޑާ، ރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަން ޝަރީފް އުމަރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ސްޓެފަން ކޫރްޑާގެ މި އިހުތިރާމްގެ ޒިޔާރަތަކީ އެމެރިކާ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ ލޮޖިސްޓުކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ދަތުރެއްގަ އެވެ.
ބުރާސްފަތި ދުވަހު ހެނދުނު ޑިފެންސް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި، އެމެރިކާ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން، ލޮޖިސްޓިކް ޕްލެޓް ފޯމެއް ގާއިމުކުރުމަށްޓަކައި އެމެރިކާ އަސްކަރިއްޔާއާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ލޮޖިސްޓިކާ ގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ ސިފައިންގެ ތަޖުރިބާ ހިއްސާކުރުމަށް މާލޭގައި ކުރިއަށްދިޔަ ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޖޭންޖު ޕްރޮގްރާމާ ބެހޭގޮތުންވެސް ސްޓެފަން ކޫރްޑާ އާއި ޑިފެންސް މިނިސްޓަރު ޝަރީފްއާ ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް