20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ސްޕެނިޝް ސުޕަރ ކަޕް

ސްޕެނިޝް ސުޕަރ ކަޕާއެކު މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ތަށި އުުފުލާލައިފި

  • ސެވިއްޔާ އަތުން ބާސާ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން
  • މިއީ ސީޒަން ހުޅުވުމަށް މި ދެ ޓީމު ކުޅުނު މެޗެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 އޯގަސްޓު 2018 | ހޯމަ 03:02 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ބާސާގެ ކުޅުންތެރިން ސްޕެނިޝް ސުޕަރ ކަޕްގެ ތަށްޓާއެކު -- ގެޓީ އިމޭޖާސް

ސެވިއްޔާ ބަލިކޮށް ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ހޯދައި ލިއޮނެލް މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބުކޮށްފިއެވެ.

ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކޮންމެ އަހަރަކު ކުޅޭ ސުޕަރ ކަޕްގައި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ކުޅެފައިވަނީ އެންމެ މެޗެކެވެ. މީގެކުރިން ނަތީޖާ ނެރެފައިވަނީ ޓީމުތަކުގެ މެދުގައި ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއަށް ބަލައިގެންނެވެ. މި މެޗު ވެގެންދިޔައީ ސްޕެއިންއިން ބޭރުގައި މި މުބާރާތް ކުޅެވުނު ފުރަތަމަ ފަހަރަށެވެ. 

މޮރޮކޯގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. 

މި މެޗު ފެށިގެން ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕަބްލޯ ސަރާބިއާއެވެ. މި ލަނޑާއެކު ބާސާއިން ކުޅުން ވަރުގަދަކޮށް ފުލުފުލުގައި ހަމަލާ އުފެއްދިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބާސާއަށް އެއްވަރުކޮށްދިނީ ޖެރާޑް ޕީކޭއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުން ބާސާ މޮޅުވި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އޭރިއާ ބޭރުން އެޓީމަށް ޖަހައިދިނީ އުސްމާން ޑެމްބެލޭއެވެ. 

މިއީ އައު ސީޒަނުގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ މުބާރާތަށްވާއިރު މިއީ މެސީގެ ކެޕްޓަން ކަމުގެ ދަށުން އެޓީމު އުފުލާލި ފުރަތަމަ މުބާރާތްވެސްމެއެވެ. ހަމައެހެންމެ މި މުބާރާތުގެ ތަށްޓާއެކު މެސީ ވެގެންދިޔައީ 33 ތަށްޓާއެކު ބާސާގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާއަށެވެ. 

ސީޒަން ހުޅުވުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުގެ ރޭ ބާސާ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ނުކުންނައިރު ސެވިއްޔާ ހަމަ އެރޭ ނުކުންނާނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް