18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ސައުދީ-ކެނެޑާ

ކެނެޑާގައިތިބި ސައުދީގެ ކިޔަވާކުދިން ގައުމަށް ދިއުމަށް ސައުދީއިން އެދިއްޖެ

  • ކެނޭޑިއަން ސްޓޫޑެންޓް ޔޫނިއަންއިން ސައުދީގެ ދަރިވަރުންނަށްވަނީ އެހީވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 13 އޯގަސްޓު 2018 | ހޯމަ 02:02 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ސައުދީއިންވަނީ ކެނެޑާއާއިއެކު އޮތް ވިޔަފާރީގެ އެއްބަސްވުނަތައްވެސް އުވާލާފައި -- ޔޫޓިއުބް

ކެނެޑާގައި ތައުލީމު ހާސިލްކުރަމުންދާ އެތައްހާސް ދަރިވަރުންނެއް އަނބުރާ ގައުމަށް ދިއުމަށް ސައުދީ އަރަބިޔާގެ ސަރުކާރުން އަންގައިފިއެވެ.

ސައުދީގެ ކިޔަވާކުދިންގެ ގްރޫޕަކުންވަނީ ސިޔާސީ ދެބަސްވުންތަކުގެ ތެރެެއަށް އެކުދިން ނުވެއްދުމަށް ލީޑަރުންނަށް ގޮވާލައި ބަޔާނެއް ނެރެފައެެވެ.

ކެނޭޑިއަން ސްޓޫޑެންޓް ޔޫނިއަންއިން ގެންދަނީ ސައުދީގެ ދަރިވަރުންގެ ތައުލީމީ މުސްތަގުބަލާއި ގުޅިފައިވާ މި މައްސަލައިގައި ދިމާވާ ނުތަނަވަސްކަމަށް ލުއިކަމެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެމުންނެވެ.

ކެނެޑާގައިތިބި ސައުދީގެ ކިޔަވާކުދިން އަނބުރާ ގައުމަށް ގެންދަން ފަށާފައިމިވަނީ ސައުދީ އަރަބިއާގެ ދާޚިލީ ކަންކަމާއި ބެހޭކަމަށްބުނެ ކެނެޑާއާއި އެކު ކުރިޔަށްގެންދާ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް މަޑުޖައްސާލައި އެ ގައުމުގައި ހުންނަ އެމްބަސެޑަރު ފޮނުވާލުމަށްފަހުއެވެ.

ސައުދީން މި ފިޔަވަޅު އަޅާފައިވަނީ އެގައުމުގައި އިންސާނީ ހައްގުތަކަށް ގޮވާލާ އެތައް އެކްޓިވިސްޓުންނެއް ހައްޔަރުކޮށްފައިވާކަމަށާއި އެކަމާ އިންތިހާއަށް ކަންބޮޑުވާކަމަށް ކެނެޑާއިން ބުނުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް