21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

މީރާ

ޖުލައި މަހު 2.1 ބިލިއަން ރުފިޔާ މީރާ އަށް ލިބުނު!

  • ޖުލައި މަހު ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ބީ.ޕީ.ޓީ
  • ދެވަނަ އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއަށް
  • އާމްދަނީގެ ގޮތުގައި މީރާއަށް ވަނީ 15.19 ބިލިއަން ރުފިޔާ 2017 ވަނަ އަހަރު ލިބިފައި
ސިމާހާ ނަސީމް | sim_kamana

| 13 އޯގަސްޓު 2018 | ހޯމަ 01:02 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


މީރާ -- ފޮޓޯ: މުހައްމަދު ޝަރުހާން

މިއަހަރުގެ ޖުލައި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2.1 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

އެ އޮތޯރިޓީން ބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 2 އިންސައްތައިގެ އިތުރު އަދެދެއް ކަމަށެވެ. އަދި މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 1 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

2017 ވަނަ އަހަރު އެ މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކަށްވުމާއި ގުޅިގެން ޖުލައި 1 ވަނަ ދުވަހަށް ސުންގަޑި ފަސްކުރުމުން ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖުލައި މަހު ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ބީ.ޕީ.ޓީއެވެ. އެ އޮތޯރިޓީން މިދިޔަ މަހު ބީ.ޕީ.ޓީ އަށް ވަނީ 934.50 މިލިއަން ރުފިޔާ ބަލައިގެންފައެވެ. ދެވަނަ އެންމެ ބޮޑު އާމްދަނީއެއް ބަލައިގެންފައިވަނީ ޖީ.އެސް.ޓީ އަށެވެ. ޖީއެސްޓީއަށް 519.13 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.

މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 348.21 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ޓޫރިޒަމް ލޭންޑްގެ ރެންޓްގެ ގޮތުގައި ވަނީ 105.32 މިލިއަން ރުފިޔާ ބަލައިގެންފައެވެ، އަދި ގްރީން ޓެކްސްގެ ގޮތުގައި 44.03 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ވަނީ 177.60 މިލިއަން ރުފިޔާ ލިބިފައެވެ.

ޖުލައި މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 47.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.

2017 ވަނަ އަހަރު އާމްދަނީގެ ގޮތުގައި މީރާއަށް ވަނީ 15.19 ބިލިއަން ރުފިޔާ ލިބިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް