22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ތަކެތީގެ އަގު އުފުލުން

ބާޒާރުގައި ފިޔާ، ބިސް އަދި އަލުވީގެ އަގު އުފުލިއްޖެ

  • ބަޒާރުން މިތަކެތި ލިބުން ވަނީ ދަތިވެފައި
  • ބައެއް ފިހާރަތަކުން ފިޔާ ނުވިއްކާ
ސިމާހާ ނަސީމް | sim_kamana

| 13 އޯގަސްޓު 2018 | ހޯމަ 00:46 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


ބިސް ކޭސްތަކެއް -- ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖޭގެ ބާޒާރުގައި ފިޔާ އަދި ބިސް އަދި އަލުވީގެ އަގު އަގު އިންތިހާއަށް އުފުލިއްޖެއެވެ.

މި ވަގުތު ފިޔާ ބަސްތާއެއް 900ރ އަށް، ބިސް ކޭހެއް 500ރ އަދި އަލުވި ބަސްތާއެއް އުޅެނީ 450ރ އަށެވެ.

މާލެގެ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކާ އަގު 45ރ އަށް އުފުލިފައިވާއިރު ކުކުޅު ބިހެއްގެ އަގު އުޅެނީ 2.50ރ އަށެވެ. އަދި އަލުވި ކިލޯއެއް ވެސް ލިބެނީ 30ރ އަށެވެ.

ބާޒާރުގައި ފިޔާ އަދި ބިހުގެ އަގު އުފުލިފައި ވަނީ ތެލުގެ އަގު އުފުލުމާ ގުޅިގެން އިންޑިއާގައި ޓްރަކް ޑްރައިވަރުންތަކެއް ކުރި މުޒާހަރާތަކުގެ ސަބަބުން އެތަކެތި އިންޑިއާ އިން އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގައި ދަތިތަކަކާ ކުރިމަތިވުމާ ގުޅިގެންނެވެ. 

ކުރިން ފިޔާ ކިލޯއެއް 12ރ އަށް ލިބެން ހުރިއިރު އަލުވި ކިލޯއެއް ލިބެންހުރީ 10ރ އަށެވެ. އަދި އޭރު ބިސް ވިއްކަން ހުރީ 1.50ރ އަށް ބިހެކެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގު އީދަށް ފަހު ހެޔޮވެގެންދާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ.

އާންމު ގޮތެއްގައި ފިޔާ އަދި ބިސް ފަދަ ތަކެތީގެ އަގު އުފުލެނީ ރޯދަ މާހައި ދިމާކޮށެވެ. އެހެންނަމަވެސް އިންޑިއާގައި ކުރި މުޒާހަރާތަކާ ގުޅިގެން ރާއްޖެއަށް ފިޔާ އަދި ބިސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިވުމުން ވިޔަފާރިވެރިން ތިބީ ކަންބޮޑުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް