20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފޭޝިއަލް ރިކޮގްނިޝަން

އޮލިމްޕިކްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފޭޝިއަލް ރިކޮގްނިޝަން ބޭނުން ކުރަން ނިންމައިފި

  • މިއީ އެތްލީޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އެއްޗެއް
  • 40 ސަރަހައްދެއްގައި ވަނީ މި ޓެކްނޮލޮޖީ ޓެސްޓްކޮށްފައި
ރިޒުނާ ޒަރީރު | RiznaZareer

| 12 އޯގަސްޓު 2018 | އާދީއްތަ 23:49 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ފޭޝިއަލް ރިކޮގްނިޝަން ޓެސްޓް ކުރަނީ -- ފޮކްސް ނިއުސް

ޖަޕާނުގެ ޓޯކްޔޯގައި 2020 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްގައި، ފުރަތަމަ ފަހަރަށް ފޭޝިއަލް ރިކޮގްނިޝަން ބޭނުން ކުރަން ނިންމައިފިއެވެ.

އެގޮތުން އޮލިމްޕިކްސް ބާއްވާ ހުރިހާ ސަރަހައްދުތަކުގައިވެސް މިޓެކްނޮލޮޖީ ބޭނުންކުރާނެ ކަން ވަނީ އިއުލާންކޮށްފައެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮލިމްޕިކްސް އިންތިޒާމްކުރާ ފަރާތުން ވަނީ އެންއީސީ، ޖަޕާނުގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ފާރމާއި ގުޅިގެން މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ކުޅިވަރު ހަރަކާތުގައި ބޭނުން ކުރުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން މި ޓެކްނޮލޮޖީ ވަނީ މީޑިޔާގެ ހާޒިރުގައި ޓެސްޓްކޮށްފައެވެ. އަދި އައިޓެންޑިފިކޭޝަން ކާޑު ބޭނުންކޮށްގެން ވަގުތުން އެއީ ކާކުކަން ދަނެގަންނާނެ ކަމަށާއި 40 ސަރަހައްދެއްގައި ވަނީ މި ޓެކްނޮލޮޖީ ޓެސްޓްކޮށްފައިވާކަމަށްވެސް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ. 

އެހެންކަމުން މި ޓެކްނޮލޮޖީ ބޭނުންކުރުމަށްޓަކައި، ތިން ލައްކަ އެތްލީޓުންނާއި، މި ކުޅިވަރުގެ އެކި ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން، ފޮޓޯ ހުށަހަޅަންޖެހޭނެއެވެ.

ޖުލައި 2020 ގައި ފަށާ އޮލިމްޕިކްސްގައި ބައިވެރިވާ ކޮންމެ އެތްލީޓަކުވެސް ޗެކް ކުރެވިގެންދާނެ ކަމަށް ޓޯކިޔޯ 2020ގެ ހެޑް އޮފް ސެކިއުރިޓީ ސުއޮށީ އައިވަޝިތާ ބުންޏެވެ.

މި ކަމުގެ ސަބަބުން އޮލިމްޕިކްސްގައި ބައިވެރިވާ އެތްލީޓުން ސެކިއުރިޓީ ޗެކް ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރަން ނުޖެހޭނެ ކަމަށާއި، މިއީ އެތްލީޓުންގެ ސަލާމަތާއި ރައްކާތެރިކަންވެސް ހިފެހެއްޓޭން ކަމެއް ކަމަށް ސުއޮށީ ބުންޏެވެ.

މިޓެކްނޮލޮޖީ ވަނީ 2016 ގައި ބޭއްވި ރިއޯ އޮލިމްޕިކްސްގައިވެސް ޓެސްޓްކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް