25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ބޯލްޓަށް ރަން މެޑަލްއެއް ގެއްލ

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

  • ބޯލްޓް އަށް ރަން މެޑަލް ގެއްލުނީ ޖަމައިކާގެ ނެސްޓާ ކާޓާ ޑޯޕިން ޓެސްޓުން ފެއިލްވުމާ ގުޅިގެން
  • ނިމިގެންދިޔަ އަހަރު ރިއޯގައި ކުރިޔަށްދިޔަ އޮލިމްޕިކް ގޭމްސްގައި އުމުރުން 30 އަހަރުގެ ބޯލްޓް ވަނީ ތިން ރަން މެޑަލް ހޯދާފަ
ލީވާން އަލީ | MrLeevaan

| 26 ޖެނުއަރީ 2017 | ބުރާސްފަތި 21:11 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ހަތަރެއް ގުނަ ސަތޭކަ މީޓަރު ދުވުމުން ރަން މެޑަލް ހޯދި ޖަމައިކާގެ ހަތަރު ކުޅުންތެރިން -- ގޫގުލް

އޮލިމްޕިކްސްގައި ޖަމައިކާގެ އުސެއިން ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެއެވެ.

ބޯލްޓް އަތުން މި ރަން މެޑަލް ގެއްލުނީ "ހަތަރެއް ގުނަ ސަތޭކަ" މީޓަރު ދުވުމުގެ ޓީމް އިވެންޓުގައި ވާދަކުރި ޖަމައިކާގެ ނެސްޓާ ކާޓާ ޑޯޕިން ޓެސްޓުން ފެއިލްވުމާ ގުޅިގެންނެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ އިން ޖުމްލަ 454 އެތުލީޓުން މިދިޔަ އަހަރު ޑޯޕިންއަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނުނު ކާޓާވަނީ މަނާ ބޭހެއް ބޭނުންކުރި ކަމަށް ޕޮޒިޓިވްވެފައެވެ.

ނިމިގެންދިޔަ އަހަރު ރިއޯގައި ކުރިޔަށްދިޔަ އޮލިމްޕިކް ގޭމްސްގައި އުމުރުން 30 އަހަރުގެ ބޯލްޓް ވަނީ ތިން ރަން މެޑަލް ހޯދާފައެވެ. އެއީ 100 މީޓަރު ދުވުމުން، 200 މީޓަރު ދުވުމުން އަދި ހަތަރެއްގުނަ 100 މީޓަރުންނެވެ. އެހެންނަމަވެސް އޭގެ ތެރެއިން ހަތަރެއްގުނަ 100 މީޓަރު ދުވުމުގެ ރަން މެޑަލް ބޯލްޓަށް ވަނީ ގެއްލިފައެވެ.

ޑޯޕިން ޓެސްޓުން ފެއިލްވި އުމުރުން 31 އަހަރުގެ ކާޓާ ވަނީ މީގެ ފަސް އަހަރު ކުރިން ލަންޑަންގައި ކުރިޔަށްދިޔަ އޮލިމްޕިކް ގޭމްސްގައި ވާދަކޮށްވެސް ރަން މެޑަލް ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ 2011،2013 އަދި 2015 ވަނަ އަހަރު ޖަމައިކާ އިން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެޓީމުގައި ހިމެނިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް