23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ކަސްޓަމްސް

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

  • "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް
  • މި ވާރޝަން ބޭނުން ކުރުމުގެ ތަފާތު އެތައް ފައިދާތަކެއް އަބަހުރި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 ޖެނުއަރީ 2017 | ބުރާސްފަތި 21:03 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކަސްޓަމްސްގެ އިމްޕޯޓް އެކްސްޕޯޓްގެ ލިޔުންތައް ނިންމުމާއި މުދާދޫކުރުމުގެ މަސައްކަތަށް ބޭނުންކުރާ އެންމެ ފަހުގެ ވާރޝަން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި އެވެ.

 

ބައިނަލް އަގްވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ހަފްލާގައި "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

 

މި ހަފްލަގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ  އަސިކުޑާ ވޯލްޑަކީ ކަސްޓަމްސް ޑިކްލްރޭޝަންތައް ނިންމުމާއި މުދާ ކްލިއަރ ކުރުމާއި ގުޅޭ ކަންތައްތައް ހިންގުމަށް ބޭނުންކުރާ ޒަމާނީ އެޕްލިކޭޝަނެއް ކަމަށެވެ.

 

އަދި މިއީ ކަސްޓަމްސްގައި މީގެ ކުރިން ބޭނުން ކުރަމުން ދިޔަ އަސިކުޑަ ޕްލަސް ޕްލަސްގެ އެންމެ ފަހުގެ ވަރޝަން ކަމަށާއި  މި ވާރޝަން ބޭނުން ކުރުމުގެ ތަފާތު އެތައް ފައިދާތަކެއް އަބަހުރި ކަމަށެވެ.

 

އެގޮތުން މި ސޮޕްޓްވެއަރ ބޭނުން ކުރުމުގެ ސަބަބުން މަސައްކަތްތައް ހަލުވިވެ އަދި ޚިދުމތް ލިބިގަންންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަ އަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރ ކުރުމަށް މިހާރު މިބެނުންކުރާ ނިޒާމަށް މި ގެނެވުނު ބަދަލުގެ ސަބަބުން ލިޔެ ކިޔުން ނިންމުމަށް ހޭދަވާ ވަގުތު މަދުކުރެވި މުދާ މިހާރަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ.

 

އަދި ވިޔަފާރިވެރިންނާއި ބްރޯކަރުންނަށް އެފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން މުދާ ކްލިއަރ ކުރުމަށް މަގުފަހުވެގެން ދާނެ ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުން ކުރާ ސިންގަލް ވިންޑޯ ނިޒާމަށް ދިއުމަށް މަގުފަހުވެ  މަސައްކަތް އެގޮތަށް ބައްޓަން ކުރެވިގެން ދާނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް