23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިބްރާހީމް މުހައްމަދު ސޯލިޙް

މި ތުއްތު ކުއްޖާ އިބޫ ދޫކޮށްލާކަށް ބޭނުމެއް ނުވި

  • އެކުއްޖާ ބޭނުންވީ އިބޫގާތު އިންނަން
  • އޭނާގެ މާމަ އޭނާ ގެންދަން ފެށުމުންވެސް ބޭނުވްީ އިބޫ ގާތައް ދާން
  • އިބޫއަށްވެސް ހުރެވުނީ އެކުއްޖާއަށް ބައްލަވަން
އަހުމަދު މުހުސިނު | dhonbandaara

| 12 އޯގަސްޓު 2018 | އާދީއްތަ 19:00 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ތުއްތު ކުއްޖަކު އިބޫ ދޫނުކޮށްލަން ރޮނީ -- އާކައިވް

އާދީއްތަ ދުވަހު އެންމެ ބޮޑަށް ވައިގާ ހިފި އެއް ފޮޓޯއަކީ އެއީ އެވެ. ގިނަ ބައެއްގެ ސަމާލުކަން އެފޮޓޯއަށް ހުއްޓިއްޖެއެވެ. ޓްވިޓަރއާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގައި އެފޮޓޯ އިންތިހާއަށް ދައުރުވެއްޖެވެ. ފޮޓޯއާ ގުޅިގެން ތަފާތު ހެޔޮ ކޮމެންޓްތައް ގިނަ ބަޔަކު ކޮށްފިއެވެ. ހަމަ ހަޤީގަތުގައިވެސް އެފޮޓޯއަށް ގިނަ ބަޔަކު "ލައިކް" ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އާދީއްތަ ދުވަހު އެންމެ ގިނައިން ރީޓްވީޓްކުރި އެއް ފޮޓޯއަކީ އެއީއެވެ. ފޭސްބުކްއިން އެންމެގިނައިން ޝެއަރކުރި އެއް ފޮޓޯއަށްވެސް އެފޮޓޯ ވުމަކީ ދުރުކަމެއް ނޫނެވެ.

އެއީ ހދ ނައިވާދޫން ފެނުނު މަންޒަރެކެވެ. އާދައިގެ މަތިން ކެމްޕެއިންގައި އެރަށަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވަޑައިގެންނެވި ވަގުތެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން ތުއްތު ތުއްތު ކުއްޖަކު އިބޫ އުރުއްވާލައްވައެވެ. ކުޑައިރުކޮޅަކު އުރުއްވައިގެން ހުންނެވުމަށްފަހު އެކުއްޖާގެ މާމައަތަށް އެކުއްޖާ ދެއްވުމަށް މަސައްކަތް ކުރެއްވި ވަގުތެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެއްގޮތަކަށްވެސް އެކުއްޖާ އޭނާގެ މާމަ ގާތަށް ދާ ޚިޔާލެއް ނުކުރިއެވެ. މާމައަށް ފުރަގަސްދީ އިބޫއާ ދިމާލަށް އެނބުރުނެވެ. އިބޫގެ ގައިގާ ރަނގަޅަށް ތަތްކޮށްލައެވެ. ގަމީސްކޮޅުގައި ބާރަށް ހިފަހައްޓާލާ އިބޫއާ ވަކިނުވާން އެކުއްޖާފުޅަށް ކުރެވުނުހާ މަސައްކަތެއް ކުރެއެވެ. އޭނާ ބުނާ ކަހަލައެވެ. އިބޫ ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ.

އެކުއްޖާ ގަދަކަމުން ގެންދާތީ ރޮނީ

ވަގުތުގެ ގޮތުން ކުއްޖާގެ މާމަ ގަދަކަމުން އޭނާ އުރައިގެން ހިނގައިގަތުމުންވެސް ފެނުނީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އެކުއްޖާ ހުއްޓައެއް ނުލިއެވެ. ދެވަނަ ފޮޓޯއިން ފެންނަނީ އެމަންޒަރެވެ. މާމަ ހިނގައިގަތުމުންވެސް އެކުއްޖާގެ ނަޒަރު ހުރީ އިބޫ އަށެވެ. ބާރުބާރަށް ރޮމުން އެކުއްޖާ އަތް ދިއްކުރަމުން ދިޔައީ އިބޫއަށެވެ. އޭނާ ދޫކޮށް ނުލުމަށް އެދިއެދިއެވެ. ހިނިތުންވެފައި ހުންނެވިނަމަވެސް އިބޫގެ އިޝާރާތުންވެސް ހާމަވަނީ އެކުއްޖާއާ ވަކިވާން ބޭނުން ނުވާކަމެވެ. އަދި އަތްދިއްކޮށްލައްވައިގެން އިބޫއަށްވެސް ހުރެވުނީ އެކުއްޖާއަށް ނަޒަރު ހުއްޓަވާ ލައްވައިގެންނެވެ.

އިބޫއަކީ ހިތްހެޔޮ ބޭފުޅެކެވެ. މަޑުމަތިރި މިޒާޖެއްގެ ވެރިއެކެވެ. ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި ހޭދަކުރައްވާތާ 25 އަހަރު ފުރެންދާއިރު އެމަޖިލީހުގެ ހުރިހާ ދައުރެއްގައިވެސް އެއްކޮޅާއި އިދިކޮޅުގެ ހުރިހާ މެމްބަރުން އެއްމެމްބަރަކަށް އެވަރުގެ ބޮޑު އިހްތިރާމެއް ކުރައްވާ އެއްބޭފުޅަކީ އިބްރާހީމް މުހައްމަދު ސޯލިހެވެ. އިދިކޮޅާއި އެއްކޮޅުން ދެކެވޭ މަޝްވަރާތައް އިބޫ ނެތިއެއް ބޭއްވިފައެއް ނެތެވެ. މަޖިލިސް ތެރޭގައި ކިތައްމެ ހޫނުވާ ވަގުތުތަކުގައިވެސް އިބޫއާއެކު ގިނަފަހަރަށް ފިނިވެޔެވެ. އެތައް ތަފާތު ވިސްނުމެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްގަލަކަށް އެރި އެއް ކެންޑިޑޭޓެއްގެ ގޮތުގައި ނެގުމަށް ފަސޭހަ ކަމާއެކު ޕާޓީތަކަށް އެއްބަސްވެވުނީ އެހެން ވެގެންނެވެ.

ކޮންމެއަކަސް މިފޮޓޯގެ ސަބަބުން އިބޫގެ މަޤްބޫލުކަން އެތައް ތަނަކުން އިތުރުވެއްޖެއެވެ. ކުރައްވާ ދަތުރުފުޅުގައި އެކިއުމުރު ފުރާތަކުގެ މީހުންނާއެކު އުޅުއްވާ ގާތްގޮތުންނެވެ. ޚާއްޞަކޮށް މި ފޮޓޯގައި ނޫނަސް ކުޑަކުދިން އެހުންނަނީކީ އިބޫއަށް އަމަށަކު ވަރެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް