17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އުރީދޫގެ އަހަރީ ދުވަސް

އުރީދޫގެ އަހަރީ ދުވަހުގައި މުވައްޒަފުންގެ ފަރާތުން އަނެއްކާވެސް ތަފާތު ކަމެއް!

  • އުރީދޫގެ ހުރިހާ ޑިޕާޓްމެންޓްތަކުން ބައިވެރިވެފައިވޭ
  • ހަނދާނީ ބިނާތަކެއް ވަނީ ދައްކުވާދީފައި
  • މިއީ އުރީދޫގެ 13 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 އޯގަސްޓު 2018 | އާދީއްތަ 18:02 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އުރީދޫ އިންޓަރ ޑިޕާޓްމެންޓް ޗެލެންޖު -- އާކައިވް

އުރީދޫގެ އަހަރީ ދުވަސް ފާހަރަކުރުމުގެ ގޮތުން އުރީދޫ ޑިޕާޓްމެންޓްތަކުގެ މެދުގައި ތަފާތު ޗެލެންޖުތަކެއް ބާއްވައިފިއެވެ.

އުރީދޫއިން ކުރިއަށް ގެންދިޔަ މިހަރަކާތުގައި އުރީދޫގެ މުވައްޒަފުން އޮފީހުގެ ކޮންމެ ފްލޯއަކުންވެސް ވަނީ ހަނދާނީ ބިނާއެއް ތައްޔާރުކޮށްފައެވެ. އެގޮތުން ތަފާތު އެކި ކަންކަން ދައްކުވާދޭ ބިނާތައް ވަނީ ތައްޔާރުކޮށްފައެވެ.

އުރީދޫގެ ސޭލްސް ޑިޕާޓުމެންޓުން މިފަހަރުގެ ޗެލެންޖުގައި ތައްޔާރުކޮށްފައިވަނީ ގޭމް އޮފް ތްރޯންސް ތީމަށް ބިނާއެކެވެ. އެގޮތުން "ވިންޓަރ އިޒް ކަމިންގ" އާއި ގުޅުވާލާއި ސޭލްސް ޑިޕާޓްމެންޓުން ބޭނުންކޮށްފައިވަނީ "ޑިޖިޓަލް އިޒް ކަމިންގ" އެވެ.

އެ ބިނާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް އުރީދޫ އިން ފުޅާ ކުރެވިގެންދިޔަ ގޮތް ވަނީ ދައްކާލާފައެވެ.

"މިބިނާއިން އުރީދޫ އިން މިހާތަނަށް ރާއްޖޭގެ އެކި ތަންތަނުގައި އަޅުގަނޑުމެންގެ ސަރވިސް ލިބޭ ސިގްނަލްތައް ފެނިގެންދާނެ." ސޭލްސްގައި މަސައްކަތް ކުރާ އުރީދޫ މުވައްޒަފެއް ބުންޏެވެ.

އުރީދޫ ސޭލްސް ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

މީގެ އިތުރުން އުރީދޫގެ ކަސްޓަމަރ ކެއަރ އާއި ކޮމަރޝަލް އެންޑް އެޗްއާރް އާއި ފައިނޭންސް ޑިޕާޓްމެންޓް އާއި ޓެކްނޮލޮޖީ އާއި އެންޓަރޕްރައިޒް ޑިޕާޓްމެންޓުންވެސް ވަނީ ތަފާތު އެކި ކަންކަން ދައްކުވައިދޭ މޮނިއުމެންޓްތައް ތައްޔާރުކޮށްފައެވެ.

އެގޮތުން ކޮމަރޝަލް އެންޑް އެޗްއާރް ޑިޕާޓްމެންޓުންވެސް ވަނީ ދިވެހި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަންޒަރުތައް ދައްކުވައިދީފައެވެ. ތައްޔާރުކޮށްފައިވާ ބިނާ އިން މިނިވަން ކަމުގެ އެއްބަސްވުން ދައްކުވައިދެއެވެ.

"ރާއްޖެއަށް މިނިވަންކަން ލިބިގެންދިޔައީ އެއްވެސް ވަރަކަށް ލޭއޮހޮރުވުމެއް ނެތިކަން ދައްކުވާދީފައިވޭ. ދުނިޔޭގެ ވަރަށް ބޮޑެތި ހަނގުރާމަކޮށްގެންވެސް މިނިވަންކަން ހޯދާފައިވޭ. ރާއްޖޭގައި ގަލަމުގެ ބޭނުންކޮށްގެން މިނިވަންކަން ހޯދާފައިވަނީ. އެގޮތުން މިނިވަންކަމުގެ ބިނާއެއް ތައްޔާރުކޮށްފައިވަނީ،" މުވައްޒަފަކު ބުންޏެވެ.

އުރީދޫ ކޮމަރޝަލް އެންޑް އެޗްއާރް ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

 ފައިނޭންސް ޑިޕާޓްމެންޓުންވަނީ މުޅި ދުނިޔެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅާލެވިފައިވާ މިންވަރު ފެނިގެންދާ ބިނާއެއް ތައްޔާރުކޮށްފައެވެ.

 މިފަދަ ބިނާއެއް ތައްޔާރުކުރުމުގެ ބޭނުމަކީ ޓެލެކޮމްގެ ޒަރިއްޔާއިން ގުޅާ ލުމުން މީހުންނަށް ލިބިގެންދާ ފައިދާ،" އުރީދޫގެ މުވައްޒަފަކު ކިޔައިދިނެވެ.

އުރީދޫ ފައިނޭންސް ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

ޓެކްނޮލޮޖީ ޑިޕާޓްމެންޓުން ދައްކުވާދީފައިވަނީ "ސިމް" އެކެވެ. އެގޮތުން ޓެކްނޮލޮޖީގެ ތެރެއިން ސިމްގެ ބޭނުން ކެނޑި، އޭގެ ބަދަލުގައި ތައާރަފްވެފައިވާ ޓެކްނޮލޮޖީ ތައް މި ބިނާއިން ރަމްޒުކޮށްދެއެވެ.

 
އުރީދޫ ކަސްޓަމަރ ކެއަރ ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

 މީގެ އިތުރުން ކަސްޓަމަރ ކެއަރ އިންވެސް ވަނީ ދުނިޔެއަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކާއި އެކު ދުނިޔެ ދައްކުވައިދޭ ބިނާއެއް ތައްޔާރުކޮށްފައެވެ. މީގެ އިތުރުން އެންޓަރޕްރައިސް ޑިޕާޓްމެންޓުންވަނީ ނަސްރުގެ ދުވަހުގެ ހަނދާނީ ބިނާއެއް ދައްކުވައިދީފައެވެ.

މިދިޔަ އަހަރުވެސް އުރީދޫ އިން ވަނީ ތަފާތު ތީމްތައް ހިމެނޭ ގޮތަށް ޑިޕާޓްމެންޓްތަކުން ޗެލެންޖެއް ކުރިއަށްގެންގޮސްފައެވެ.

އުރީދޫގެ މުވައްޒަފުން ބުނީ، މިފަދަ ހަރަކާތެއް މުވައްޒަފުންގެ މެދުގައި ބޭއްވުމުގެ ސަބަބުން އެއް ފްލޯއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަށެވެ. އަދި އާންމުކޮށް ނުކުރާ ކަންކަން ކޮށް މުވައްޒަފުންގެ ކްރިއޭޓިވިޓީ ދައްކާލުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް އުރީދޫގެ މުވައްޒަފުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް