23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރޮނާލްޑޯ އައިސީޔޫގައި

ރޮނާލްޑޯއަށް އައިސީޔޫގައި ފަރުވާދެނީ

  • ފަރުވާދޭން ފަށާފައިވަނީ އޭނާއަށް ނިއުމޯނިއާ ޖެހި ހާލަތު ގޯސްވުމާއި ގުޅިގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 އޯގަސްޓު 2018 | އާދީއްތަ 17:20 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  8. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި


ރޮނާލްޑޯ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ތައްޓާއެކު -- ގެޓީ އިމޭޖާސް

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯ ލުއިޒް ނަޒާރިއޯ ޑެ ލީމާއަށް ސްޕެއިންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. 

އޭނާއަށް ސްޕެއިންގެ އިބީޒާގައި ހުންނަ ޗާން މިސެސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ އޭނާއަށް ނިއުމޯނިއާ ޖެހި ހާލަތު ގޯސްވުމާއި ގުޅިގެންނެވެ. އިބީޒާގެ ނޫހެއްގައި ބުނެެފައިވަނީ އޭނާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި އަދި އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ވަނީ އިތުރު އެއްވެސް މައުލޫމާތެއް ދިނުމަށް ދެކޮޅު ހަދާފައެވެ. 

އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔަކަށްވާއިރު އިބީޒާގައި އޭނާގެ ގެއެއް ހުރެއެވެ. އަދި އޭނާއަކީ އިބީޒާއަށް ގަވާއިދުން ދާ މީހެކެވެ.

2012 ވަނަ އަހަރު ވެސް ޑެންގޫ ހުން ޖެހުމާއި ގުޅިގެން ރޮނާލްޑޯ ހޮސްޕިޓަލުގައި އެދުމަތި ކުރެވުނެވެ. 

ރޮނާލްޑޯ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2011 ވަނަ އަހަރުއެވެ. އޭނާ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ އިންޓަ މިލާން އަދި އޭސީ މިލާނަށް ކުޅެފައެވެ. އޭނާއަކީ 2002 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމުން ވާރލްޑް ކަޕް ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރު ހޯދާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް