21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ތޯލިބާނުންގެ ގޮވާލުން

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

  • މީހުން މަރުވުން ފިޔަވައި އެހެންކަމެއް ނުވާ ކަމަށްބުނި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 26 ޖެނުއަރީ 2017 | ބުރާސްފަތި 19:32 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ޔާލިބާން ހަނގުރާމަވެރިން -- ގޫގުލް

އަފްޣާނިސްތާނުގައި ޤާއިމްވެ ތިބި އެމެރިކާގެ ސިފައިން އެގައުމުދޫކޮށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށާއި އެމެރިކާގެ ފައުޖުތައް އެގައުމުން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާލިބާނުން ގޮވާލައިފިއެވެ.

 

އެމރިކާއިން ބްލެކްލިސްޓް ކޮށްފައިވާ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ތާލިބާނުން މި ގޮތަށް ގޮވާލާފައިވަނީ އެ ޖަމާއަތުގެ ވެބްސައިޓުގައި އާންމުކުރި ހުޅުވާލެވިފައިވާ ސިޓީއެއްގައެވެ.

 

ތާލިބާނުންގެ ސިޓީގައި ބުނެފައިވަނީ، އެމެރިކާގެ ސިފައިން އަފްޣާނިސްތާނުގައި 15 އަހަރުވަންދެން ކުރަމުންދާ ހަނގުރާމައިގައި، އިންސާނުންތަކެއް މަރުވެ، ލޭއޮހޮރުވާއި، އެޤައުމު ފަނާވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ހާސިލްވެފައިނުވާ ކަމަށެވެ.

 

ތާލިބާނުން ބުނެފައިވަނީ އަފްޣާނިސްތާނު އާރާސްތު ކުރުމަށް ކަމަށްބުނެ، އެއްވެސް ފޮނިކަމެއްނެތް ބޭކާރުކަންކަމަށް އެތައް ބިލިއަނަކުން ފައިސާ ޚަރަދުކުރުމުގެ ސަބަބުން އެމެރިކާއާ މެދު އޮތް އިތުބާރު އެންމެނަށް ވެސް ގެއްލިފައިވާ ކަމަށެވެ.

 

"މިހުރިހާ ދުވަހު ކުރިކަމެއް ވިއްޔާ ވަނީ ބޭކާރުވެފައި. އެހެންވީމަ، މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޒިންމާ އޮތީ (ޓްރަމްޕް) ގެ ކޮނޑުގައި އެޅިފައި" ތާލިބާނުންގެ ސިޓީގައި ބުނެފައި ވެއެވެ.

 

އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަފްޣާނިސްތާނަށް އަރާފައިވަނީ 2001 ވަނަ އަހަރުއެވެ. މިއީ ވިއެޓްނާމްއަށް ފަހު އެމެރިކާ ސިފައިން އެންމެ ދިގު މުއްދަތަކަށް އެހެން ޤައުމެއްގައި ޤާއިމްވެ ތިބޭ ފަހަރެވެ.

 

އެމެރިކާގެ ސިފައިން އަފްޣާނިސްތާނުގައި 15 އަހަރު ދުވަސް ހޭދަކުރި އިރު މިހާތަނަށް 100 ބިލިއަން ޑޮލަރު އެކަމަށް ޚަރަދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ތާލިބާން ހަނގުރާމަވެރިންގެ ސިޓީގައި ބުނެފައިވަނީ އެމީހުން ކުރަމުންގެންދާ ހަނގުރާމައަކީ ދީނީ ގޮތުންނާއި އަދި ގައުމިއްޔަތުގެ ގޮތުން ވެސް ހުއްދަކަމެއް ކަމަށެވެ.

 

ތާލިބާން ހަނގުރާމަވެރިން ހުޅުވާލެވިފައި ސިޓީއެއް އެމެރިކާގެ ރައީސް ޓްރަމްޕަށް ފޮނުވި ނަމަވެސް މިހާތަނަށް އެކަމާއި ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން އެއްޗެއް ބުނެފައެއްނުވެއެވެ.

 

މީގެ އިތުރުން އަފްގާނިސްތާނާ ގުޅޭ ގޮތުން ވަރަށް ކުޑަ މިންވަރެއް ފިޔަވައި ޓްރަމްޕް ވާހަކަ ދައްކަވާފައެއް ނުވެއެވެ. އަފްގާނިސްތާނާއި ގުޅޭ ގޮތުން މިހާތަނަށް ޓްރަމްޕް ވިދާޅުވެފައިވަނީ އެގައުމުގައި ބާކީ ތިބި 84،00 އެމެރިކާ ސިފައިން ނޭޓޯއާއެކު ކުރަންޖެހޭ ކަމެއްކުރުމުގައި ޤާއިމްވެ ތިބޭނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް