16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ސްޕެއިންގެ ގައުމީ ޓީމް

ސްޕެއިންގެ ގައުމީ ޓީމުން ޕީކޭ ރިޓަޔާކޮށްފި

  • އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 އޯގަސްޓު 2018 | އާދީއްތަ 12:10 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
  8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


ސްޕެއިންގެ ގައުމީ ޓީމުގެ ޖާޒީގައި ޕީކޭ -- ގެޓީ އިމޭޖާސް

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރަސްމީކޮށް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

މީގެކުރިން ވެސް ޕީކޭ ވަނީ މިއަހަރު ރަޝިއާގައި ބޭއްވި ވާރލްޑް ކަޕަށްފަހު ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ސްޕެއިންގެ ގައުމީ ޓީމާއި ބާސާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ ހަވާލުވުމާއެކު އޭނާގެ އެ ނިންމުން އަނބުރާ ގެންދާނެ ކަމަށް ބެލެވުނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕީކޭ ބުނީ ވާރލްޑް ކަޕަކާއި ޔޫރޯއަކަށްފަހު ސްޕެއިންގެ ގައުމީ ޓީމާއެކު އޭނާ ލިޔަމުންދިޔަ ވާހަކަ ނިމުމަކަށް އައިސްފި ކަމަށެވެ. އަދި ލުއިސް އެންރިކޭ އާއި އެވާހަކަ ހިއްސާކުރި ކަމަށާއި އެ ނިންމުން ބަދަލުނުކުރާނެ ކަމަށް ވެސް ޕީކޭ ބުނެފައިވެއެވެ. ވާރލްޑް ކަޕަކަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި ގައުމީ ޓީމާއެކު ވަރަށް ހިތްގައިމު ތަޖުރިބާތަކެއް ކުރިވިފައިވާ ކަމަށް ޕީކޭ ބުނެފައިވެއެވެ. އޭނާ ބުނީ ކޮންމެ ކަމަކަށް ވެސް ނިމުމެއް ގެންނަން ޖެހޭ އުސޫލުން މިއީ ވެސް އެ ނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ކެޓުމާއެކު ބާސާގެ ކުރީގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ޕީކޭ އަދި އިނިއެސްޓާ ވެސް ރިޓަޔާ ކޮށްފައިވާއިރު އެހެން އެއްވެސް ކުޅުންތެރިޔަކު ރިޓަޔާކޮށްފާނެ ކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ. 

ސްޕެއިންގެ ގައުމީ ޓީމުގެ ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރިއިރު ޕީކޭ ވަނީ އެޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީ 2010 ވަނަ އަހަރުގެ ވާރލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އެގައުމާއެކު ކާމިޔާބުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް