20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ޕެޓްރިކް އެވްރާ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

  • އެވްރާ މާސޭއަށް ބަދަލުވީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން
  • އެވްރާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑް، ވެލެންސިއާ އަދި ކްރިސްޓަލް ޕަލަސްއިން ވެސް ވަނީ މަސައްކަތްކޮށްފަ
ލީވާން އަލީ | MrLeevaan

| 26 ޖެނުއަރީ 2017 | ބުރާސްފަތި 18:49 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މާސޭއަށް ބަދަލުވި ޕެޓްރިކް އެވްރާ -- ގޫގުލް

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެޓީމުގެ ލެފްޓް ބެކް ފްރާންސްގެ މާސޭ އަށް ބަދަލުވެއްޖެ އެވެ.

އެވްރާ މާސޭއަށް ބަދަލުވީކަން އެ ކްލަބުން ކަށަވަރުކޮށްދީފައިވާއިރު، އޭނާ އެ ކްލަބަށް ބަދަލުވީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް އޭނާ ބަދަލުވީ އަގެއް އަދި ކަށަވަރެއްނުވެއެވެ.

އުމުރުން 35 އަހަރުގެ އެވްރާ މާސޭއަށް ބަދަލުވީ އިރު، އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑް، ވެލެންސިއާ އަދި ކްރިސްޓަލް ޕަލަސްއިން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އެ ކްލަބްތަކުން ވަނީ ބޮޑެތި ހުށަހެޅުންތައްވެސް އޭނާ އަށް ހުށަހަޅާފައެވެ.

އިޓަލީ ލީގުން ކެރިޔަރު ފެށި އެވްރާ އެންމެ ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ނުވަ ސީޒަން ކުޅެ، 379 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ.

އެޓީމާއެކު ފަސް ޕްރިމިއާ ލީގު ތަށު، ތިން ފުޓްބޯލް ލީގުކަޕް، ފަސް އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި އެއް ޔުއެފާ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އެވްރާ ޔުވަންޓަސް އަށް ބަދަލުވީ 2014 ވަނަ އަހަރެވެ.

އޭނާ ވަނީ އެ ކްލަބަށް ބަދަލުވެ ކުޅުނު ތިން ސީޒަނުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެޓީމަށް ކުޅުނު 82 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ލީގް ކަޕް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް