21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އިންދިރާ ގާންދީ

އިންދިރާ ގާންދީގެ ބައޮޕިކްއަކީ ވެބް ސީރީޒްއެއް

  • ވިދްޔާ ވަނީ "އިންދިރާ އިންޑިއާސް މޮސްޓް ޕަވަފުލް ޕްރައިމް މިނިސްޓަރ"ގެ ރައިޓް ވެސް ގަނެފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 12 އޯގަސްޓު 2018 | އާދީއްތަ 10:24 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ވިދްޔާ ބާލަން(ކ) އަދި އިންދިރާ ގާންދީ -- ޓްވިޓަރ

އިންދިރާ ޕްރިޔަދަރްޝިނީ ގާންދީ (އިންދިރާ ގާންދީ) އަކީ އިންޑިއާގައި މިހާތަނަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ އެއް ބޮޑުވަޒީރެވެ.

ގާންދީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދުމަށް ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެފިލްމުގައި ގާންދީގެ ރޯލު ކުޅުމަށް ހަމަޖެހިފައިވާ އެކްޓްރެސް ވިދްޔާ ބާލަން ވަނީ ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ވިދްޔާ ބުނީ އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފީޗާ ފިލްމު ގެނެސްދިނުމަށް މިހާރު ހަމަޖެހިފައިވަނީ ވެބް ސީރީޒްއެއްގެ ގޮތަށްކަމަށެވެ. އެގޮތަށް ނިންމީ ގާންދީއަކީ އަގުހުރި މަސައްކަތްތައް ކޮށްފައިވާ ފަރާތަކަށްވާތީ އޭނާގެ ހަޔާތް އެއްކޮށް ފިލްމަކުން ގެންނަން ވެއްޖެނަމަ ބައެއް ކަންތައްތައް ނުހިމެނި ހިނގައިދާނެތީ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސާގަރިކާ ގޯސް ވަނީ އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް"އިންދިރާ އިންޑިއާސް މޮސްޓް ޕަވަފުލް ޕްރައިމް މިނިސްޓަރ" ގެ ނަމުގައި ފޮތެއް ނެރެފައެވެ. ވިދްޔާ ވަނީ "އިންދިރާ އިންޑިއާސް މޮސްޓް ޕަވަފުލް ޕްރައިމް މިނިސްޓަރ"ގެ ރައިޓް ވެސް ގަނެފައެވެ.

ވިދްޔާ މީގެ ކުރިން ބުނެފައިވަނީ އޭނާ ހުރީ ގާންދީގެ ރޯލު ކުޅުމަށް ކެތްމަދުވެފައި ކަމަށެވެ.

މި ވެބް ސީރީޒްއިން ފެންނާނެ ތަރިން އަދި ހާމަކޮށްފައި ނުވާއިރު ވަރަށް އަވަހަށް މި ސީރީޒްގެ ޝޫޓިން ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް