23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ކެރެލާގައި ފެން ބޮޑުވުން

ކެރެލާގައި ފެންބޮޑުވެ 30 އަށްވުރެ ގިނަ މީިހުން މަރުވެއްޖެ

  • މަރުވި މީހުންގެ އަދަދުވަނީ 37 އަށް އަރާފައި
  • އިޑުއްކީ ޑިސްޓްރިކްޓުން 18 މީހުން މަރުވެފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 12 އޯގަސްޓު 2018 | އާދީއްތަ 08:59 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މަގުތަކުގައި ފެންބޮޑުވެ ގެތަކަށްވަނީ ފެން ވަދެފައި -- އޭޕީ

އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ކެރެލާއަށް ބޯކޮށް ވާރޭވެހި ބިންގަޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެ ދަނޑު ބިންތައް ހަލާކުވެ އެތައް ހާސްބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެކަމަށް އޮފިޝަލުން ބުނެފިއެވެ.

ބުދަ ދުވަހު ވެހެން ފެށި ވާރެއާއިއެކު ކެރެލާގެ 14 ޑިސްޓްރިކްޓްގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޑިސްޓްރިކްޓް ހޮނިހިރު ދުވަހު އޮތީ އިންޒާރުގެ ހާލަތުގައެވެ.

"ހުކުރު ދުވަހުގެ ފަހުން ނުވަ މީހުން މަރުވެފައިވާކަމަށް ރިޕޯޓް ކުރެވި މަރުވި މީހުންގެ އަދަދުވަނީ 37 އަށް އަރާފައި" ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް ކޮންޓްރޯލް ރޫމުގައި މަސައްކަތްކުރައްވާ އޮފިޝަލަކު ޑީޕީއޭ ނިއުސް އޭޖެންސީގައި ހޮނިހިރު ދުވަހު ވިދާޅުވެފައިވެއެވެ.

އެންމެ ގިނަ މީހުން މަރުވެފައިވަނީ ފަރުބަދަމަތީ ސަރަހަދެއްކަމަށްވާ އިޑުއްކީ ޑިސްޓްރިކްޓުންކަމަށްވާއިރު އެ ސަރަހައްދުން 18 މީހުން މަރުވެފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބިން ތިރި އަވަށްތަކުން 30،000 އަށްވުރެ ގިނަ މީހުން ސަރުކާރުން ގާއިމްކޮށްފައިވާ ކޭމްޕްތަކަށްވަނީ ބަދަލުކޮށްފައެވެ.

ކެރެލާގެ ވެރިރަށުގައި ގާއިމްކޮށްފައިވާ ކެރެލާ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ކޮންޓްރޯލް ރޫމުން ބުނާގޮތުގައި 1،031 ހެކްޓަރުގެ ބިމުގެ ގޮވާން ވަނީ ހަލާކުވެފައެވެ.

ވާރޭވެހުން ހޮނިހިރު ދުވަހު މަޑުޖެހިފައިވީ ނަމަވެސް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ކަމާއިބެހޭ އިދާރާތައްވަނީ ކުއްލިހާލަތަކަށް ގެނެވިފައެވެ.

ކެރެލާ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންގެންދާ ފަރާތްތަކުން އެކަހެރި ސަރަހައްދުތަކަށް ވާސިލުވެވުމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރާއި ވިޖެޔަން ވަނީ ފެންބޮޑުވުމުގައި ގެއްލުންލިބުނު ސަރައްހައްދުތަކަށް ވަޑައިގެން މީހުން ސަލާމަތްކުރުމަށް ހިންގޭ އޮޕަރޭޝަނާއި އެހީގެ އޮޕަރޭޝަން ބައްލަވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް