25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބާރަތު

ބާރަތުގެ ދެވަނަ ޝޫޓިން ފަށައިފި

  • ބާރަތު ކުޅުމަށް ކެޓްރީނާ ސޮއިކޮށްފައި ވަނީ ޕްރިޔަންކާ ޗޮޕްޅާ އެ ފިލްމު ދޫކޮށްލުމުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 12 އޯގަސްޓު 2018 | އާދީއްތަ 08:20 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ސަލްމާނާއި ކެޓްރީނާ ކައިފް -- ގޫގުލް

އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ފިލްމު ބާރަތުގެ ދެވަނަ ޝެޑިއުލް ޝޫޓިން ފަށައިފިއެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ސަލްމާން ޚާނާއި ކެޓްރީނާ ކައިފެވެ. ސަލްމާން ވަނީ ބާރަތުގެ ޝޫޓިން މަލްޓާގައި ފަށާފައިވާކަން ހާމަކޮށްފައެވެ.

އަލީ އައްބާސް ޒަފަރުގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "މޭރޭ ބްރަދާ ކީ ދުލްހަން" ގައި ވެސް ފެނިފައި ވަނީ ކެޓްރީނާއެވެ. ސަލްމާނާއި ކެޓްރީނާ އެކީގައި ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާހޭ" ގެ އިތުރުން "އޭކް ތަ ޓައިގާ"، "ޔުވްރާޖް"، "ޕާޓްނާ"، އަދި "މައިނޭ ޕިޔާރް ކިޔު ކިޔާ" ހިމެނެއެވެ.

ބާރަތުގެ ދެވަނަ ޝޫޓިން މިހާރު ފަށާފައިވާ އިރު މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމަކީ އަލީ އައްބާސް ޒަފަރުގެ ފިލްމުތަކުގެ ތެރެއިން ސަލްމާން ޚާން ކުޅޭ ތިންވަނަ ފިލްމެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ އޯޑް ޓު މައި ފާދާ ގެ މައްޗަށް ހަދާ ފިލްމެކެވެ. އަލީ އައްބާސް ޒަފަރު މި ފިލްމާއި ގުޅޭގޮތުން ބުނެފައިވަނީ މި ފިލްމަކީ 70 ގެ އަހަރު ތަކުގައި ހިނގާފައިވާކަންތައްތަކާއި މިހާރުގެ ކަންތައްތައް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. ބާރަތު ކުޅުމަށް ކެޓްރީނާ ސޮއިކޮށްފައި ވަނީ ޕްރިޔަންކާ ޗޮޕްޅާ އެ ފިލްމު ދޫކޮށްލުމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް