
| 26 ޖެނުއަރީ 2017 | ބުރާސްފަތި 18:37 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ކޮޕާޑެލްރޭގައި ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ސެލްޓަވިގޯ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގައި ބުދަ ދުވަހުގެ ރޭ މި ދެޓީމު ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންނަމަވެސް ސެލްޓަވިގޯ އަށް ސެމީން ޖާގަ ލިބުނީ ފުރަތަމަ ލެގުގެ ނަތީޖާއާއެކު 3-4 ގެ އެގްރިގޭޓުންނެވެ.
ސެލްޓަވިގޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ވެސް އެޓީމުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިށަބަކުން ރެއާލް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ސެލްޓަވިގޯގެ ގޯލަށް ނުރައްކާކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެލްޓަވިގޯ އިންނެވެ. މި ލަނޑަކީ ރެއާލްގެ މިޑްފިލްޑަރު ޑެނިލޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއެކީ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ސެލްޓަވިގޯ ކުރީގައޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއްވެސް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. ރެއާލް އަށް ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 62 ވަނަ މިނެޓުގައި ކްރިސްތިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ލިބުނު ހިލޭޖެހުމަކުންނެވެ.
އެހެން ނަމަވެސް ރެއާލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ސެލްޓަވިގޯ އިން ވަނީ ދެވަނަ ފަހަރަށް ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ވެސް އެވެ.
މެޗުގައި ރެއާލް ބަލިނުވެ ސަލާމަތްކޮށްދިނީ ލޫކަސް ވަޒްކޭޒް އެވެ. ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު އޭނާ މި ލަނޑު ކާމިޔާބުކުރީ އިތުރުވަގުތުގެ ތެރޭގައެވެ. އެހެންނަމަވެސް ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-2 ގެ ނަތީޖާއަކުން ބަލިވެފައިވުމާއެކު ރެއާލް އަށް ވަނީ ސެމީގެ ފުރުސަތު ގެއްލިފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް