17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ޕީޕީއެމަށް ކުޅެންޖެހިފައިވަނީ ޑިފެންްސަށް!

  • ރައީސް ޔާމީން ދައްކަވާ ވާހަކަތަކުގެ ސަބަބުން ޕީޕީއެމްގެ ކެމްޕޭނަށް ބޮޑު ގެއްލުމެއް ލިބޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 އޯގަސްޓު 2018 | އާދީއްތަ 01:01 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭން އެންމެ ފޯރި ގަދަ ދުވަސްވަރު އެވެ. މެނިފެސްޓޯތައް އެކުލަވާލުމާއި، ކެމްޕޭން ސްޓްރެޓަޖީތައް ތައްޔާރުކޮށް، އެ ވިއްކުމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަ ދުވަސްވަރެވެ. ކެމްޕޭނަށް އެކަމަކުން އަސަރުކުރާ ކޮންމެކަމަކުން ރެކިގަނެ، ވިއްކެން އޮތް އެއްޗެއް ވިއްކުމަށް މަސައްކަތްކުރާ ދުވަސްވަރު އެވެ. 

މި ދުވަސްވަރުގައި ކެމްޕޭން އެންމެ ފޯރިގަދަކޮށްލާ، ރައްޔިތުން އެބައެއްގެ ވާހަކަތައް އެންމެ އަޑުއަހަން ބޭނުންވާނީ ކެންޑިޑޭޓުންނާއި، ރަނިންގމޭޓުންގެ ވާހަކަތަކެވެ. އެ ބޭފުޅުން ވެވަޑައިގަންނަވާ ވައުދުތަކާއި، ދައްކާ ކޮންމެ ވާހަކައަކީވެސް ރައްޔިތުންނަށް ލިބޭ ވޯޓު ކަރުދާސްކޮޅުގައި ގޮތެއް ނިންމުމަށް މުހިންމު ވާހަކަތަކެކެވެ. ކިޔެއްތަ އެއިން ބޭފުޅަކު ވިދާޅުވާ އެންމެ ވާހަކަފުޅަކުންވެސް މުޅި ކެމްޕޭންގެ ފޯކަސް ބަދަލުކޮށް، މުޅި ކެމްޕޭންގައި ޑިފެންސަށް ވެސް ކުޅެންޖެހިދާނެ އެވެ. 

ދައްކަން މި އުޅެނީ ވެރިކަންކުރާ ޕީޕީއެމްގެ ވާހަކައެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ސަބަބުން، މުޅި ކެމްޕޭންގައި އެ ޕާޓީއަށް ޑިފެންސަށް ކުޅުން ނޫން ގޮތެއް ނެތް ވާހަކަ އެވެ. 

އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކުން ފެށިގެން ގޮސް، ކަންކަން ކުރައްވާ ގޮތްތަކުން، އެމަނިކުފާނުގެ ދިފާއުގައި މަސައްކަތްކުރުން، ނުވަތަ ޑިފެންސަށް ކުޅުން ނޫން ގޮތެއް ޕީޕީއެމްގެެ ކެމްޕޭން ޓީމަށް ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ އެވެ. ކަން އޮތީ، ކެމްޕޭން ރެލީތަކާއި، ހަފްލާތަކުގައި ރައީސް ޔާމީނަށް ޕޯޑިއަމްގައި ވާހަކަ ދެއްކެވުމަށް ފުރުސަތު ނުދިނުމަކީ ކެމްޕޭނަށް މާބޮޑަށް ފައިދާކުރާނެކަމެއްކަމަށް ލަފާދޭންޖެހޭ ހިސާބުގައެވެ. 

އެގޮތަށް އެމަނިކުފާނަށް ލަފާ އަރުވަންނުޖެހޭ ސަބަބެެއް ވެެސް ނެތެވެ. ދާދި ފަހުން ގދ. ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ، އަހުމަދު ރިލްވާންގެ މައްސަލާގައި ދެއްކި ވާހަކަފުޅު އެކަމުގެ ސަބަބަކަށް ފުދެ އެވެ. ގދ. މަޑަވެލި ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ރިލްވާން މަރުވެއްޖެކަމަށް ޝައްކުވެސް ނުކުރައްވާކަމަށް ވިދާޅުވުމަށް ފަހު، އޭގެ ދެ ގަޑިއެއްހާއިރު ފަހުން، އެ އަތޮޅު ފަރެސްމާތޮޑާއަށް ވަޑައިގެން ވިދާޅުވީ އިރާދަކުރެއްވިއްޔާ ރިލްވާން ދިރިހުންނާނެ ކަމަށެވެ. އެފަދައިން އެމަނިކުފާނު ވިދާޅުވެ، މައާފަށްވެސް އެދިވަޑައިގެނންނެވި ސަމާސާ ރާގަކަށެވެ.

މިއީ މުޅި ޤައުމު އެ ސުވާލެއްގެ ޖަވާބުގެ އިންތިޒާރުގައި ތިއްބަ، ނޫސްވެރިޔަކު ވަގަށްނެގިތާ ހަތަރު އަހަރު ފަހުން ޤައުމުގެ ވަލިއުލްއަމުރުގެ ބަސްމަގު ހުރި ގޮތެވެ. ނިކަމެތި އާއިލާއަކުން ކޮންމެ ދުވަހަކުވެސް ރޮއެ، އެ ސުވާލެއްގެ ޖަވާބު ހޯދުމަށް އާދޭސްކުރަމުން ގެންދަނިކޮށް، ރައީސް މަނިކުފާނުގެ ޖަވާބުހުރި ގޮތްތެވެ. 

ކެމްޕޭނަށް ނިކުންނަވާ، ސަމާސާ ރާގަކަށް ދެއްކެވި އެ ވާހަކަފުޅާއެކު މުޅި ކެމްޕޭން ޓީމަށް ޖެހުނީ، ރައީސްގެ ވާހަކަތައް ތަރުޖަމާކޮށްދޭށެވެ. ތަރުޖަމާނަށް ޖެހުނީ، ހުރިހާ ކަމެއް ހުއްޓާލުމަށްފަހު ރައީސްގެ ވާހަކަފުޅުގެ މަތި އޮމާންކޮށްދިނުމަށެވެ. ސޯޝަލް މީޑިއާގެ ޓީމަށްވެސް ޖެހުނީ ހަމަ އެހާލު އެވެ. މުޅި ކެމްޕޭން ޓީމުން އުޅެންޖެހުނީ ޑިފެންސަށް ކުޅުމަށެވެ. 

މިއީ އަދި ކުޑަކުޑަ މިސާލެކެވެ. 

އަމިއްލަފުޅު ގެކޮޅަށް ވަންނަނީ ހަލާލު ނޫން ފައިސާ ކަމާއި، ހޯދާ ފައިސާއަކީ ހާލާލު ގޮތުގައި ހޯދާ ފައިސާއެއް ކަމަށް ހުދު އަނބިމީހާވެސް ނުބަލާ ކަމާއި، ތިމަންމަނިކުފާނާއެކުގައި އިހުލާސްތެރިޔަކު ހަރު ނުލާ ކަމާއި، ކޮރަޕްޝަނަކީ އިންސާނީ ތޮބިއްޔަތުގައި ހުންނަ ކަމެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާއި މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. 

ޕޯޑިއަމަކަށް އަރައިވަޑައިގަތުމަށް ފުރުސަތެއް ދީފިނަމަ މުޅިންވެސް ބައިކޮޅަށް ޖަހަނީ ގޯލެވެ. މުޅި ޓީމަށްވެސް ޖެހެނީ ޑިފެންސަށް ކުޅެންނެވެ.

ހިތާމަޔަކީ ޑިފެންްސަށް ކުޅުމަށްފަހު، ކެމްޕޭންގައި ވިއްކާނެ އެއްޗެއް ކެމްޕޭން ޓީމަށް ނެތްކަމެވެ. ވިއްކާނެ ވައުދެއްވެސް ދެއްކިފައި ނެތްކަމެވެ.

ވައުދެއް ވާއިރު، ހަމަ އެކަމުގައި 2013 ވަނަ އަހަރު ވެވަޑައިގެންނެެވި ވައުދުވެސް ނުފުއްދާ އޮތުމުން ކެމްޕޭޭން ޓީމް ނިކުމެ ވިއްކާނެ އެއްޗެއްވެސް ނޯންނެތާ އެވެ. ރިސޯޓު މުވައްޒިފުނަށް ހާއްސަ ސްކީމެއް ތައާރަފުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއިރު، 2013 ގައި ރިސޯޓް މުވައްޒިފުންނަށް ދޭން ބުނި ހިއްސާއއަށް ވީނުވީއެެއް ނޭނގެ އެވެ. ކޮންމެ ޒުވާނަކަށް 1000 އަކަފޫޓްގެ ބޯހިޔާވެހިކަމެއް ދޭނެކަމަށް ވައުދުވިއިރު، އަލަތު ކައިވެންޏާއެކު ދޭން ބުނި ފްލެެޓެއް ލިބުނު ޒުވާނަކު ނެތެވެ. 

ޕީޕީއެމަށް އޮތީ މި އިންތިހާބުގައި ޑިފެންސަށް ކުޅުމެވެ. އެ ނޫން ޗޮއިސެއް މި އިންތިހާބުގައި ޕީޕީއެމަށް ނެތޭ ބުނުމަކީވެސް ކަން އޮތް ގޮތަށް ބަލާއިރު ދޮގަކަށް ނުވާނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް