23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އަފްޣާނިސްތާން

އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި 35 ކެންޑިޑޭޓަކަށް ކުރިމަތިނުލެވޭ

  • ކުރިމަތިނުލެވެނީ ހަތިޔާރުއެޅި ހަނގުރާމަވެރިންނާއި ގުޅުން އޮންނަ ފަރާތްތަކަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 12 އޯގަސްޓު 2018 | އާދީއްތަ 00:04 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އަފްޣާނިސްތާނުގައި ބޮމް ގޮއްވުމުގެ ހާދިސާއަކަށް ފަހު ސިފައިން ހަރަކާތްތެރި ވަނީ -- ބީބީސީ

އަންނަ އޮކްޓޯބަރު މަހު އަފްޣާނިސްތާނުގައި ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި، 35 ކެންޑިޑޭޓަކަަށް ކުރިމަތި ލުމަށް ޝަރުތު ހަމަނުވާ ކަމަށް އެގައުމުގެ އިންތިޚާބާ ބެހޭ މައި މުއައްސަސާ އިން ނިންމައިފިއެވެ.

ހޮނިހިރު ދުވަހު "ދަ އިންޑެޕެންޑެންޓް އިލެކްޓޯރަލް ކޮމްޕްލެއިންސް ކޮމިޝަން (އައި.އީ.ސީ.ސީ)" އިން ނެރުނު ބަޔާނެއްގައި ބުނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ 35 ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށާއި އެއީ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތްތަކާ ސީދާ ގުޅުން އޮންނަ ފަރާތްތަކެއް ކަމަށް ކޮމިޝަނަށް އެނގިފައިވާތީ ކަމަށެވެ. އިންތިޚާބުގައި ވާދަނުކުރެވޭނެކަން ހާމަކޮށްފައިވާ ލިސްޓުގައި މިހާރު ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުންވެސް ހިމެނެއެވެ. އިލެކްޓޯރަލް ކޮމްޕްލެއިންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންތަކެއް ޑިސްކޮލިފައި ކުރީ އިންތިޚާބު މިނިވަން އަދި އިންސާފުވެރިކޮށް ގެންދަން ކަމަށާއި އެ ކޮމިޝަނުން ބޭނުން ވަނީ މުޅި އިންތިޚާބީ ނިޒާމު ސާފު ކުރުމަށް ކަމަށެވެ. 

އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އެގައުމުގެ އިލެކްޓޯރަލް ކޮމްޕްލެއިންސް ކޮމިޝަނުން ކަނޑައެޅި ބައެއް ފަރާތްތައް ވަނީ އެ މައްސަލަ މިހާރު އެޕީލްއަށް ހުށަހަޅާފައެވެ. 

2016 ގެ އޮކްޓޯބަރު ގައި އިންތިޚާބު ބާއްވަން ޝެޑިއުލް ކުރެވި ފަހުން 2018 ގެ ޖުލައި މަހަށް ފަސްކުރެވުނެވެ. އަދި އެއަށްފަހު 2018ގެ އޮކްޓޯބަރު 20 ޝެޑިއުލް ކުރެވުނެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް