13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ނަޝީ ކޭކްސް

ނަޝީ ކޭކްސްގެ އައުޓްލެޓެއް ވަރަށް ތަފާތު ހިދުމަތްތަކާއެކު ހުޅުމާލޭގައި ހުޅުވައިފި

 • އެކި ހަފްލާތަކަށް ހާއްސަ ކޭކްތައް ލިބެން ހުންނައިރު އޯޑަރަށްވެސް ކޭކް އަޅައިދޭ
 • ކަޕް ކޭކް ގަތުމުން އެ ކުއްޖާ ބޭނުންވާ ގޮތަށް ކަޕް ކޭކް ޑިޒައިން ކުރުމުގެ ފުރުސަތު އެ ކުދިންނަށް ދޭ
 • އިތުރު އައުޓްލެޓެއް ވިލިނގިލީގައި ވަރަށް އަވަހަށް ހުޅުވާނެ
ސިމާހާ ނަސީމް | sim_kamana

| 11 އޯގަސްޓު 2018 | ހޮނިހިރު 19:05 | |

މަގުބޫލް

 1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
 5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
 6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
 7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
 8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ނަޝީ ކޭކްސްގެ އައުޓްލެޓް -- ރާއްޖެއެމްވީ

މަޝްހޫރު ނަޝީ ކޭކްސްގެ އައުޓްލެޓެއް ވަރަށް ތަފާތު ހިދުމަތްތަކާއެކު ހުޅުމާލޭ ނިރޮޅު މަގުގައި ހުކުރު ދުވަހު ހުޅުވައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ނަޝީ ކޭކްސްގެ ވެރިޔާ އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ) ވިދާޅުވީ އެ އައުޓްލެޓުން ވަރަށް ތަފާތު އިޓާލިއަން ފްލޭވަރސްގެ ފިލިންގްސް ތަކާއި ކޭކުތަކާއި ޕުޑިންގގެ އިތުރުން ޗޮކްޓެލްޓް މޫސް ލިބެން ހުންނާނެ ކަމަށެވެ. އަދި އެކި ކަހަލަ ސްމޫތީސްތަކާއި ސިއްހަތަށް ފައިދާ ހުރި ބުއިންތައް ލިބޭނެ ކަމަށް ނަޝީ ވިދާޅުވިއެވެ.

އެ އައުޓްލެޓުން އެކި ހަފްލާތަކަށް ހާއްސަ ކޭކްތައް ލިބެން ހުންނައިރު އޯޑަރަށްވެސް ކޭކް އަޅައިދެއެވެ.

ނަޝީ އިތުރަށް ވިދާޅުވީ ކަސްޓަމަރުން އައުޓްލެޓުން ޕްލެއިން އައިސިންގ ޖަހާފައި ހުންނަ ބަޓަރު ކޭކު ގަތުމުން އާދައިގެ ޑިޒައިނެއް ކަމުގައިވާނަމަ ކަސްޓަމަރުން ބޭނުންވާ ކުލައިގެ އައިސިންގ އިން ކޭކު ވަގުތުން ޑެކަރޭޓް ކޮށްދޭނެ ކަމަށެވެ.

ނަޝީ ކޭކްސްގެ މި އައުޓްލެޓުން ކުޑަކުދިންނަށްޓަކައި ވަރަށް ތަފާތު ހިދުމަތެއް ވެސް ފޯރުކޮށްދެއެވެ. އެއީ ކަޕް ކޭކް ގަތުމުން އެ ކުއްޖާ ބޭނުންވާ ގޮތަށް ކަޕް ކޭކް ޑިޒައިން ކުރުމުގެ ފުރުސަތު އެ ކުދިންނަށް ހުޅުވާލުމެވެ.

ބީޗް ވެޑިންގްތަކަށާއި ޕާޓީތަކަށް ނަޝީ ކޭކްސް އިން ކޭޓްރިންގެ ހިދުމަތާއި ޑެކަރޭޓް ކުރުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.

ހުޅުމާލޭގައި ހުރި އައުޓްލެޓުން ލިބޭ ހިދުމަތްތައް މާލޭގައި ހުރި ނަޝީ ކޭކްސް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ނަޝީ ބުންޏެވެ.

ނަޝީ ކޭކްސް އައުޓްލެޓުން ލިބެން ހުރި ހިދުމަތްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް 3312934 ނަންބަރަށް ގުޅުމަށް ނަޝީ ކޭކްސް އިން ވަނީ އެދިފައެވެ.

ނަޝީ ކޭކްސްގެ އިތުރު އައުޓްލެޓެއް ވިލިނގިލީގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

ނަޝީ ކޭކްސްގެ އައުޓްލެޓް މާލެ އަދި ހުޅުމާލޭގައި ހުންނައިރު މި އައުޓްލެޓްތައް ހުޅުވާފައިވަނީ ނަޝީ ކޭކްސް އަށް ކަސްޓަމަރުންގެ ފަރާތުން އޮންނަ ޑިމާންޑެއްގެ ބޮޑުކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް