19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ޖަޕާން

އެމެރިކާގެ އަސްކަރީ ބޭހެއް ހުންނަ ބަދަލު ކުރުމާ ދެކޮޅަށް އޮކިނާވާގެ 70000 ރައްޔިތުން މުޒާހަރާކޮށްފި

  • މުޒާހަރާ ކުރާ މީހުން ބުނެފައި ވަނީ މިހާރު ހުރިތަނުން ނޫން ތަނަކަށް ބަދަލު ކުރުމަކީ ތިމާވެށީގެ ކާރިސާއެއް ކުރިމަތިވާނެ ކަމެއް ކަމަށް އަދި އަސްކަރީ ބޭސް އެއް އޮކިނާވާ ގައި ހުންނަވެސް ބޭނުން ނުވާ ކަމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 11 އޯގަސްޓު 2018 | ހޮނިހިރު 19:05 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން -- އޭއެފްޕީ

ޖަޕާނުގެ ރަށެއް ކަމަށްވާ އޮކިނާވާގައި ހުންނަ އެމެރިކާ އަސްކަރީ ބޭސްއެއް އެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަން ކުރާ މަސައްކަތާ ދެކޮޅަށް އެރަށުގެ އެތައް ހާސް ބަޔަކު ހޮނހިރު ދުވަހު މުޒާހަރާކޮށްފިއެވެ. 

އެމެރިކާގެ "މެރިން ކޯޕްސް އެއާ ސްޓޭޝަން ފުޓެންމާ" އަސްކަރީ ބޭސް މިހާރު ހުންނަނީ ވަރަށް ކާރޫބާރޫ ބޮޑު ސަރައްދެއްގައި ކަމަށް ވާއިރު، އެ އަސްކަރީ ބޭސް ބަދަލު ކުރަން ނިންމާފައި ވަނީ ވަރަށް އާބާދީ ކުޑަ އައްސޭރި ފަށުގެ ސަރަހައްދަކަށެވެ. އެހެންނަމަވެސް އަސްކަރީ ބޭސް މިހާރު ހުރި ތަނުން ބަދަލު ކުރުމާ ދެކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އައްސޭރި ފަށުގެ ސަރަހައްދަަކަށް ބަދަލު ކުރުމަކީ ހަމައެކަނިި ތިމާވެށީގެ ކާރިސާއެއް އެކަނި ކުރިމަތިވާނެ ކަމެއް ނޫން ކަމަށާއި، އޮކިނާވާގެ ރައްޔިތުން އެ ރަށުގައި އެއްވެސް އަސްކަރީ ބޭސްއެއް ހުރުމަށް ނުރުހޭ ކަމަށެވެ. 

އަސްކަރީ ބޭސް ބަދަލު ކުރުމާ ދެކޮޅަށް ކުރި މުޒާހަރާގައި އޮކިނަވާގެ ވެރިރަށް ނަހާގައި ހުންނަ ޕާކަކަށް 70000 މީހުން ހޮނިހިރު ދުވަހު ޖަމާވެ މުޒާހަރާ ކުރިއެވެ. މުޒާހަރާ ކުރަމުން ދިޔައީ މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކެންސަރުގެ އާލާސްކަންފުޅެއްގައި އަވާހާރަވި އޮކިނާވާގެ ގަވަރުނަރުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވެސް ގެނައެވެ. ބުރާސްފަތި ދުވަހު އަވަހާރަވީ ގަވަރުނަރު ޓަކެޝީ އޮނަގާ ގަވަރުނަރު ކަމަށް 2014 ވަނަ އަހަރު ވަޑައިގެން ވަނީ އެމެރިކާގެ އަސްކަރީ ބޭސް ހުންނަ ތަން ބަދަލު ކުރުމާ ދެކޮޅަށް އިސްވެ އަޑުއުފުއްލަވާފައެވެ. އޭނާ ވަނީ ޖަޕާނުގެ މައި ސަރުކާރުން އޮކިނާވާގެ އާންމުންގެ އަޑު ނާހާ ކަމަށް ވިދާޅުވެ، މައި ސަރުކާރަށް ވަަރަށް ފާޑުވިދާޅުވެފައެވެ.

ޖަޕާނުގައި ތިބޭ އެމެރިކާގެ 50000 ސިފައިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސިފައިން ގާއިމުވެ ތިބެނީ އޮކިނާވާގައެވެ.  

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް