19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އިންޑޮނޭޝިއާ

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުން އަދަދު 387 އަށް އަރައިފި

  • 6.9 މެގްނިޓިއުޑް ގައި އައި ބިންހެލުމުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު 13000 އަށް ވަނީ އަރާފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 11 އޯގަސްޓު 2018 | ހޮނިހިރު 18:35 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އާދީއްތަ ދުވަހު އިންޑޮނީޝިއާގެ ލޮމްބޮކް އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް -- ބީބީސީ

މިދިޔަ އާދީއްތަ ދުވަހު އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ލޮމްބޮކް އަށް ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 387 އަށް އަރާފައިވާ ކަަަމަށް ރިޕޯޓުތައް ބުނެފިއެވެ.

6.9 މެގްނިޓިއުޑް ގައި އައި ބިންހެލުމުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު 13000 އަށް އަރާފައިވާއިރު 387000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައެވެ. އަދި އެތައް ހާސް އިމާރާތްތަކެއް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު މަރުވި މީހުންގެ އަދަދު ގިނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ސަބަބަކީ އަދިވެސް ބައެއް މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިތިބުމާއި އަދި ބިންހެލުމާއި ގުޅިގެން އައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގެ ސަބަބުން މީހުން ވަޅުލެވިފައި ވުން ކަމަށެވެ. 

ބިންހެލުމާއި ގުޅިގެން އެންމެ ގިނަ މީހުން މަރުވީ އުތުރު ލޮމްބޮކް ގައި ކަމަށްވާއިރު، އުތުރު ލޮމްބޮކް ގައި 334 މީހުން މަރުވެފައިވެއެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

ބާލީ އާއި ލޮމްބޮކްގެ އާބާދީ ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާ އިރު، އަހަރެއްގެ ތެރޭގައި ދެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

ean.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް