22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ގެސްޓް ހައުސް މޯލްޑިވްސް

ގެސްޓް ހައުސް މޯލްޑިވްސް އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

  • ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮގަސްޓް 20 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުޥާލާފައި
  • ލިސްޓް ކުރެވިގެންދާނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 100 ގެސްޓް ހައުސްތައް
  • މިއީ ގޭޓް އަވޭސްގެ ފަރާތުން ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން ނެރޭ ފަސް ވަނަ ފަހަރު
ސިމާހާ ނަސީމް | sim_kamana

| 11 އޯގަސްޓު 2018 | ހޮނިހިރު 12:50 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން އެންޑޯޒް ކޮށްފައިވަނީ ގެސްޓް ހައުސް އެސޯޝިއޭޝަންގެ ފަރާތުން -- އާކައިވް

ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މޯލްޑިވްސް ގެޓް އަވޭސް އިން ހުޅުވާލައިފިއެވެ.

މި ފަހަރު ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން އެންޑޯޒް ކޮށްފައިވަނީ ގެސްޓް ހައުސް އެސޯޝިއޭޝަންގެ ފަރާތުންނެވެ. ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ކަރަމް ވިދާޅުވީ މޯލްޑިވްސް ގެޓް އަވޭސްގެ ފަރާތުން ރާއްޖޭގެ ގެސްޓް ހައުސްތައް ޕްރޮމޯޓް ކުރުމަށްޓަކައި ކުރަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މޯލްޑިވްސް ގެޓް އަވޭސްގެ މޭކެޓިންގ އެގްޒެކްޓިވް އައިމިނަތު ރީޝާ ވިދާޅުވީ މެގަޒިންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮގަސްޓް 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މެގަޒިންގައި ލިސްޓް ކުރެވިގެންދާނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 100 ގެސްޓް ހައުސްތައް އެކަނި ކަމަށް ރީޝާ ވިދާޅުވިއެވެ.

ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން އަށް ގެސްޓް ހައުސްތަކުން ހިލޭ ރަޖިސްޓްރީ ކުރެވޭއިރު މި މެގަޒިން ހިލޭ އެކި ގެސްޓް ހައުސްތަކަށާއި އެކި ފަރާތްތަކަށް ލިބެގެންދާނެ ކަމަށް ގެޓް އަވޭސް އިން ބުންޏެވެ. އަދި ރާއްޖޭއިން ބޭރުގައި އޮންނަ އެކި ފެއަރތަކުގައި ވެސް މި މެގަޒިން ޑިސްޕްލޭ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގެޓް އަވޭސްގެ ފަރާތުން މީގެ ކުރީ އަހަރުތަކުގައި ގެސްޓް ހައުސް ކޮންފަރެންސް ބޭއްވި ނަމަވެސް މި އަހަރު އެ ކޮންފަރެންސް ނުބާއްވާން ވަނީ ނިންމާފައެވެ. އެއީ ރިޔާސީ އިންތިހާބުގެ ދުވަސް ކައިރިވެފައި އޮތުމާއި ކޮންފަރެންސް ބާއްވާނެ ތަނެއް ހޯދުމުގެ ދަތިވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.   

މިއީ ގޭޓް އަވޭސްގެ ފަރާތުން ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން ނެރޭ ފަސް ވަނަ ފަހަރެވެ.

ރާއްޖޭގައި 630 އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުންދެއެވެ.

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް