21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ބޮލީވުޑް

ބައްޓީ ގުލް މީޓަރ ޗާލޫގެ ޓްރެއިލާ ދައްކާލައިފި

  • މިދިޔަ ހުކުރު ދުވަހު އެ ފިލްމްގެ ޓްރެއިލާ ވަނީ އާންމުކޮށްފައި
  • މި ފްލިމަކީ، ކަރަންޓަށް ދިމާވާ މައްސަލަތަކާއި ގުޅޭ ގޮތުން ތައްޔާރު ކުރާ ފިލްމެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 އޯގަސްޓު 2018 | ހޮނިހިރު 11:28 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ބައްޓީ ގުލް މީޓާރ ޗާލޫ -- ގޫގުލް

އަންނަ ސެޕްޓެމްބަރު މަހުގެ 21 ގައި ރިލީޒް ކުރުމަށް ހަމެޖެހިފައިވާ ފިލްމް "ބައްޓީ ގުލް މީޓަރ ޗާލޫ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ ޝާހިދް ކަޕޫރާއި ޝްރައްދާ ކަޕޫރު ވަނީ މިދިޔަ ހުކުރު ދުވަހު އެ ފިލްމްގެ ޓްރެއިލާ ޝެއަރ ކޮށްފައެވެ.

ޝްރީ ނަރާޔަން ސިންހް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވުމާއި ކަރަންޓަށް ދިމާވާ މައްސަލަތަކާއި ގުޅޭ ގޮތުން ތައްޔާރު ކުރާ ފިލްމެކެވެ.

އޭނާ އަކީ އަކްޝޭ ކުމާރުގެ "ޓޮއިލެޓް ޕްރޭމް ކަތާ"ގެވެސް ޑައިރެކްޓަރެވެ. "ބައްތީ ގުލް މީޓަރް ޗާލޫ" އަކީ ޓީ ސީރީޒްއާއި ކްރިއަރްޖް އެންޓަޓެއިންމަންޓް ގެ ޕްރޮޑަކްޝަނެކެވެ.

"ބައްޓީ ގުލް މީޓަރް ޗާލޫ"ގައި ޝާހިދު އާއި ޝްރައްދާގެ އިތުރުން ދެން ފެނިގެންދާނީ ޔާމީ ގޯތަމްއެވެ. މި ފިލްމްގައި ޝާހިދް އާއި ޔާމީ ގޯތަމް ފެނިގެންދާނީ ކަރަންޓަށް ދިމާވާ މައްސަލައާއި މެދު  ވަކާލާތު ކުރާ ދެ ވަކީލުންގެ ރޯލުންނެވެ.

މި ފިލްމްގެ ޓްރެއިލާ ލޯންޗް ކުރުމުގެ ކުރިން ޝާހިދް ކޮށްފައިވާ އިންސްޓަގްރާމް ލައިވްގައި އޭނާ ބުނެފައިވަނީ ކަރަންޓްގެ މައްސަލަ އަކީ ވަރަށް ބޮޑު ވެފައިވާ މައްސަލައެއް ކަމަށާއި އަދި ކަރަންޓްގެ ޚިދުމތަކީ ހުރިހާ ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ޚިދުމަތެއް ޚިދުމަތެއް ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންނަށް ދިމާވާ ކަރަންޓްގެ މައްސަލަ ތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާ ވީޑިއޯ ހުށަހެޅޭ  މުބާރާތެއް ފޭނުންނަށް ވަރަށް އަވަހަށް ލައުންޗް ކުރާނެ ކަމަށް ޝާހިދު ވަނީ ބުނެއެވެ.

 މިމައްސަލަ އަކީ މި ފިލްމަށް ވުރެ ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި މި ފިލްމަކީ އެކަން އެންމެންގެ ސަމާލުކަމަށް ގެނެވޭނެ އުކުޅެއް ކަމަށް ވަނީ ބުނެފައެވެ.  

އަދި މި ޓްރެއިލާ ލައުންޗް ގައި ޔާމީ ގޯތަމް ބަލި ވުމުގެ ސަބަބަން ބައިވެރި ނުވެނޭ ކަމަށް ޝާހިދު ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް