13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ޒިމްބާބުވޭގެ އިންތިޚާބު

ޒިމްބާބުވޭގެ އިންތިޚާބު: އެމްޑީސީން ކޯޓަށް މައްސަލަ ހުށަހަޅައިފި

  • މައްސަލައިގައި 14 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ
  • ނަންގަގްވާ ހުވާކުރެއްވުން ވަނީ މަޑުޖެހިފައި
އަބުދުﷲ މުހައްމަދު | 8Abbo

| 11 އޯގަސްޓު 2018 | ހޮނިހިރު 07:30 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


އެމްޑީސީގެ ވަކީލުން މައްސަލައިގެ ލިޔުންތައް ހިއްޕަވައިގެން ކޯޓަށް ވަޑައިގަންނަވަނީ -- އަލްޖަޒީރާ

ޒިމްބާވޭގެ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

މޫވްމަންޓް ފޯ ޑިމޮކްރަޓިކް ޗޭންޖް (އެމްޑީސީ) އިއްތިހާދުން ބުނެފައި ވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ އޮޅުުވާލައި މިހާރު ހުންނެވި ރައީސް އަދި ޒަނޫ-ޕީއެފް ޕާޓީގެ ރައީސް އެމަރސަން ނަންގަގްވާއަށް ނަތީޖާ ފަހިކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ގާނޫނީ ޓީމުން ކާމިޔާބުކަމާ އެކު މައްސަލަ ކޯޓަށް ވައްދައިފި. އަޅުގަނޑުމެންގެ އެބަ އޮތް ރަނގަޅު މައްސަލައެއް އަދި މިސްރާބެއް،" އެމްޑީސީގެ ލީޑަރ އަދި އިދިކޮޅު މައި ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ނެލްސަން ޗެމީސާ ޓްވިޓަރގައި ވިދާޅުވެފައި ވެއެވެ.

ވެރިރަށް ހަރާރޭގައި ހުންނަ ދުސްތޫރީ ކޯޓަށް މައްސަ ވެއްދުމަށް އެމްޑީސީގެ ވަކީލުން ވަޑައިގެންފައި ވަނީ ޕްލާސްޓިކް ފޮށިފޮށި ފުރައި ޑޮކިއުމެންޓް ހިފައިގެންނެވެ.

"އަޅުގަނޑުމެން ހުއްޓާލާނީ މިގައުމު މިނިވަންކޮފައި" އެމްޑީސީގެ ޗީފް އިލެކްޝަން އޭޖެންޓް ޖޭމްސަން ޓިމްބާ ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ޒިމްބާބުވޭގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 50.8 އިންސައްތަ ވޯޓާ އެކު މިހާރުގެ ރައީސް އެމަރސަން ނަންގަގްވާ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޗެމީސާއަށް ލިބިވަޑަައިގެންްފައި ވަނީ 44.3 އިންސައްތަ ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް