19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ސީރިޔާ ހަނގުރާމަ

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

  • ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ހައަހަރުވާން ގާތްވެފައިވާ އިރު މިހާތަނަށް 310،000 މީހުން މަރުވެފައިވޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 26 ޖެނުއަރީ 2017 | ބުރާސްފަތި 16:27 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


އަސްތަނާގައި ބޭއްވުު މަޝްވަރާތަކުގެ ތެރެއިން -- ގޫގުލް

ސީރިޔާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް ސީރިޔާ ސަރުކާރާއި، އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ދާދިފަހުން ބޭއްވުނު މަޝްވަރާތަކަކީ ފެބްރުއަރީ 8 ގައި ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް ކަމަށް ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

 

ރައީސް ޕުޓިންގެ ތަރުޖަމާނު ޕުޓިންއާ ހަވާލާދީ މިހެން ވިދާޅުވި އިރު އަސްތަނާގައި ބޭއްވުނު މަޝްވަރާތަކުން އަލިމަގެއް ފެނިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

އެގޮތުން، ގިނަ އަހަރުތަކެއް ވެފައިވާ ސީރިޔާ ހަނގުރާމަ އަށް ސުލްހަ ގެނައުމަށް އިދކޮޅު ހަނގުރާމަވެރިންނާއި ސަރުކާރު ބައިވެރިގެން ކުރިޔަށްގެންދިޔަ މަޝްވަރާތަކުގެ ފުރަތަަމަ ދުވަހު ވެސް މަޝްވަރާތައް ފެށިތާ މާގިނައިރުތަކެއް ނުވެ އެއް ފަރާތުން އަނެއް ފަރާތަށް ބަހުގެ ހަމަލާތައް ރައްދުކޮށް ތަފާތު ތުހުމަތުތަކެއް ކުރިތަން ފެނިގެން ދިޔައެވެ.

 

ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރީ ރަޝިއާ އާއި އިރާން ކަމަށްވާ އިރު އެދެގައުމަކީ ސީރިޔާގެ ސަރުކާރަށް ވާގިވެރިވާ ދެގައުމެވެ. ސީރިޔާގެ ހަނގުރާމަވެރިންނަށް ތާއިދު ކުރަނީ ތުރުކީންނެވެ.

 

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ހަ އަހަރުވާން ގާތްވެފައިވާ އިރު މިހާތަނަށް 310،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެތައް ބަޔަކު ރެފިއުޖީންގެ ގޮތުގައި ވެފައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް