19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

އުރީދޫ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އަށް މިހާރު އޯޑަރު ކުރެވޭނެ!

  • އެޕް މެދުވެރިކޮށް، ގޭސް ފުޅިތަކަށް ފައިސާ ދެއްކޭނެ
ސިމާހާ ނަސީމް | sim_kamana

| 10 އޯގަސްޓު 2018 | ހުކުރު 22:52 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އަށް އޯޑަރު ކުރުމުގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- އުރީދޫ

އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، މޯލްޑިވް ގޭސް ފުޅި އޯޑަރުކޮށް، ފަސޭހަކަމާއެކު ފައިސާ ދެއްކޭ ނިޒާމެއް އުރީދޫ މޯލްޑިވްސް އާއި މޯލްޑިވް ގޭސް ގުޅިގެން ހުކުރު ދުވަހުގެ ރޭ ތައާރަފުކޮށްފިއެވެ.

މި ޚިދުމަތް ތައާރަފްކޮށްފައިވަނީ މޯލްޑިވް ގޭސްގެ ޗެއަރޕާރސަން އަހުމަދު ޝިފާން އާއި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ މައުމޫންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާންއެވެ.

އުރީދޫ އެމް-ފައިސާ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު، ކޮންމެ ތާކު ތިބެގެން ވެސް މޯލްޑިވް ގޭސްގެ ޚިދުމަތްތަކަށް އޯޑަރު ކުރެވޭނެއެވެ. އަދި މި އެޕް މެދުވެރިކޮށް، ގޭސް ފުޅިތަކަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫ އިން ރާއްޖޭގައި ހޭދަކޮށްފައިވާ 13 އަހަރު ތެރޭގައި ވަނީ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި، ފުދުންތެރިކަން ގެނެސްދިނުމަށްޓަކައި ގިނަ އިންވެސްޓްމަންޓުތަކެއް ކޮށްފައި ކަމަށާއި އެގޮތުން މޯލްޑިވް ގޭސް އާއި ގުޅިގެން ފެށުނު ތަފާތު ޚިދުމަތުގެ ސަބަބުން، ގޭސްފުޅި އަށް އޯޑަރުކޮށް، ފައިސާ ދެއްކުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި އޫރީދޫ އިން މަސައްކަތް ކުރަމުންދަނީ އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯދުން ޑިޖިޓަލްކޮށް އިތުރަށް ފަސޭހަ ކޮށްދިނުމަށް ކަމަށް ނަޖީބް ވިދާޅުވިއެވެ.  

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތާކު، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވާ، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހި ކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް ރަޖިސްޓަރީ ކޮށްގެން، އެ ފަސޭހަ ޚިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. އެމް ފައިސާ އެޕް ore.do/mm ޑައުންލޯޑު ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް