22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ރިޔާސީ އިންތިޚާބު 2018

ކޮބާހޭ ހުރިހާ ވަޒީރުން؟

  • ގިނަ ވަޒީރުން ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ނުފެނޭ
މިއުވާން މުހައްމަދު | Miuvaan

| 10 އޯގަސްޓު 2018 | ހުކުރު 19:25 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


ކެބިނެޓް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމަކަށް އައީއެވެ. ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތިލެއްވިއިރު، ފުރަތަމަ ދައުރު ނިމިގެންދިޔައީ ވަރަށް ހަލަބޮލިކޮށެވެ. އެމަނިކުފާނުގެ ފުރަތަމަ ދައުރުގެ ގިނަ އަދަދެއްގެ ވަޒީރުން ތިއްބެވީ ޖަލުގައި ނުވަތަ މަޤާމުން ދުރުކޮށްފައެވެ. ނުވަތަ ޤައުމުން އަރުވާލެވިފައެވެ. އެމަނިކުފާނާއިއެކު ތިއްބެވީ މަދު ބޭފުޅުންކޮޅެކެވެ.

އެހެންނަމަވެސް މިއަދު އެވަޒީރުންވެސް އެމަނިކުފާނާއިއެކު ތިބިތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ރައީސް ޔާމީންގެ ދިފާޢުގައި ވާހަކަ ދައްކަވާ ބޭފުޅުން މަދުވެފައިވާއިރު، ކެބިނެޓްގައި އެމަނިކުފާނާއި އެއްކޮޅަށް ވާހަކަ ދައްކަވަން، އެމަނިކުފާނު ދިފާޢުކުރައްވަން ތިއްބެވީ ދެތިން ވަޒީރުންނެވެ.

ރައީސް ޔާމީން ދިފާޢުކޮށްދެއްވުމަށް މަސައްކަތް ނުކުރެއްވޭތަނުގައި، ރައީސް ޔާމީން އެވަވަޑައިގަންނަވާ ވައުދެއްވެސް އެއިން ބޭފުޅަކަށް ފުއްދެނީކީ ނޫނެވެ.

ރައީސް ޔާމީންގެ ދިފާޢުގައި ކިރިޔާވެސް ކަމެއް ކޮށްލެވޭ އެއް ބޭފުޅަކީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. އިހަކަށް ދުވަހުވެސް ރައީސް ޔާމީން ދިފާޢުކުރައްވަން ހައްދަވައިގެން އަދިވެސް އެއުޅުއްވަނީ އެކަމުން ސަލާމަތްވެވަޑައިނުގެންނެވެ. އެފަދަ ކަމެއްވެސް ކުރައްވާކަށް ދެން ތިއްބެވި ބޭފުޅުންނަކަށް ކެރިވަޑައެއް ނުގެންނެވިއެވެ. މިނިސްޓަރ ސަޢީދާއި، މިނިސްޓަރ ޒަމީރުމެން ފަދަ ބޭބޭފުޅުންނަކީ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ މުހިއްމު ވުޒާރާތައް ހަވާލުކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. މިއން ބޭފުޅަކު މިހާރު ކެމްޕޭންތެރެއިން ފެންނަނީ މަދުންނެވެ.

ރައީސް ޔާމީންގެ ދިފާޢުގައި މަސައްކަތްކުރައްވާތަން ދެން ފެންނަނީ މިނިސްޓަރ މުހައްމަދު ޝައިނިއާއި މިނިސްޓަރ އާޒިމާ ޝަކޫރެވެ. ރައީސް ޔާމީނާއި ސަރުކާރު ސަލާމަތްކުރެވޭތޯ ނިއުޔޯކުން، ޖެނީވާއިން، ބްރަސަލްސްއިން، ސްޓްރަސްބަރގުން އެބޭފުޅުން އެބަ ދަތުރުކުރައްވައެވެ. އެއިން ނިކުންނަ މާބޮޑު ނަތީޖާއެއް ނުފެންނަކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރިނަމަވެސް، އެބޭފުޅުން ދެން ކޮންމެވެސް ކަމެއް އެބަކުރައްވައެވެ.

އީޔޫއަށް ވަޑައިގެން ފިޔަވަޅުތައް ހުއްޓުވޭތޯވެސް ލައްކަ މަސައްކަތްތައް ކުރެއްވިއެވެ. ޝައިނީ ނިއުޔޯކަށް ވަޑައިގެން އދގެ ގޮނޑިއަށްވެސް ވަރަށް ބޮޑަށް ކެމްޕޭން ކުރެއްވިއެވެ. އެހެންކަމުން ރައީސް ޔާމީން އަދިވެސް އިތުބާރު ކުރައްވާ ހަމައެކަނި ދެ ވަޒީރުންނަކީ އެއީކަމަށް ފެނެއެވެ.

ދެން ތިއްބެވި ބައެއް ބޭފުޅުންވެސް ރައީސް ޔާމީންގެ އިތުބާރު ލިބޭތޯ މަސައްކަތްކުރައްވައެވެ. ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްގެ އިތުރުން ހޯމް މިނިސްޓަރ އަޒްލީންއަކީވެސް ރައީސް ޔާމީންގެ އިތުބާރު ލިބޭތޯ މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެހެންނަމަވެސް ޕޯޑިއަމްތަކަށް އަރާވަޑައިގެން ދައްކަވާ ވާހަކަތަކުން އަދިއެއް މާބޮޑު ކުރިއެރުމެއް ލިބޭކަމަށް ނުވެއެވެ.

މިނިސްޓަރ އަހުމަދު ނާޒިމްވެސް ކެމްޕޭންގައި އެހާ ބޮޑަކަށް ނުފެނެއެވެ. ރައީސް ޔާމީންގެ ވާދަވެރިޔާ އިބްރާޙިމް މުހައްމަދު ސޯލިޙް (އިބޫ)އަކީ ނާޒިމްގެ ރަށަށް ނިސްބަތްވާ ބޭފުޅަކަށްވާއިރު، އަދި އިބޫ މިހާރުވެސް ހުންނެވި ގޮނޑިއަކީ ނާޒިމްވެސް ބޭނުންފުޅުވާ ގޮނޑިއަކަށްވާއިރު، ރައީސް ޔާމީނަށް އެންމެ ބޮޑަށް އެހީވެދެއްވަން ޖެހޭ ބޭފުޅަކަށްވާނީ ނާޒިމްއެވެ. އެހެންނަމަވެސް ނާޒިމްއަށްވެސް ހަޤީގަތުގައި ރައީސް ޔާމީން ދިފާޢުކޮށްދެއްވަން މަސައްކަތްޕުޅެއް ނުކުރެވެއެވެ.

ރައީސް ޔާމީންގެ ދިފާޢުގައި އެންމެ ކުރިއަށް ނިކުމެވަޑައިގަންނަވާނެކަމަށް ވިދާޅުވި އެމަނިކުފާނުގެ ރަނިންމޭޓް ޑރ، ޝަހީމްވެސް ފުރަތަމަ ދެތިން ދުވަހު ވަރަށް ވަރުގަދައަށް އެމަނިކުފާނު ދިފާޢުކުރެއްވުމަށްފަހު، މިހާރު ބޮޑަށް ހީވަނީ ސީދާ ރިޔާސީ ޓިކެޓަށް ވާދަކުރައްވާހެންނެވެ. ރައީސް ޔާމީން ކެމްޕޭނަށް ވަޑައިނުގަންނަވާތީ ޝަހީމަށް ކުޑަކޮށް އޮޅުން އެރީކަމަށްވެސް ވެދާނެއެވެ.

ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުވެދާނެކަމަށް އެމަނިކުފާނުގެ އަރިހުގައި ތިއްބަވާ ވަޒީރުންނަށް ހީފުޅުވަނީ ކަންނޭނގެއެވެ. ނުވަތަ އިޚްލާސްތެރިކަމެއްވެސް ހަމަ ނެތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް