21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ބަހަނާއަކީ، ދައްކާ ދައްކާ ހުސްނުވާނެ އެއްޗެކެވެ.

  • 1500 ފޯމު ހަމަވިކަން ޔަގީނެއް ނޫން
  • އެއްވެސް އިރެއްގައި ވާދަވެރި އިންތިޚާބަކުން ކުރިހޯދިފައެއް ނެތް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 10 އޯގަސްޓު 2018 | ހުކުރު 19:18 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  4. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


އުމަރު ނަސީރު ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ޙަޤީގަތް ޤަބޫލުކުރަން ބޭނުންނުވާ ކޮންމެ މީހަކު ވެސް އެކަމަކަށް ލައްކަ ބަހަނާ ދައްކާނެއެވެ. އެފަދަ މިސާލެއް އެންމެ ފަހުން މި ފެނުނީ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަމުގެ ތެރޭގައެވެ. އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލުމާ އެކު ސިޔާސީ ބައެއް ފަރާތްތަކުން ކުރިމަތިލިއެވެ. އަދި ސިޔާސީ ގޮތުން މާބޮޑު ބުރަދަނެއް ނެތް ރައްޔިތުންގެ ތާއީދެއް ނެތް ފަރާތްތަކުން ވެސް އިންތިޚާބުގައި ވާދަކުރާނެ ވާހަކަ ދައްކާ އަމިއްލަ ހުވަފެނީ މެނިފެސްޓޯތައް ހާމަކުރަމުންދިޔައެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ މެމްބަރު ޝުޖާއު ހުސެއިން ހިމެނެއެވެ. ނަމަވެސް އިންތިޚާބުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑި ހަމަވާން ކައިރިވެފައި ވަނިކޮށް އެ ބޭފުޅުން ވެސް އިންތިޚާބުގައި ވާދަނުކުރައްވާނެކަން އިއުލާން ކުރެއްވިއެވެ.

އުމަރާއި ޝުޖާއު އިންތިޚާބުގައި ވާދަނުކުރަން ނިންމި ސަބަބު ބަޔާންކޮށް އެތައް ބަހަނާއެއް ދެއްކެވިއެވެ. ނަމަވެސް ޙަޤީގަތަކީ އިންތިޚާބުގައި ވާދަކޮށްފި ނަމަ ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް އެ ދެ ބޭފުޅުންނަށް އެނގުމެވެ. އެގޮތަށް އިންތިޚާބެއްގައި ވާދަކޮށް ފަލީހަތްވި ބޭފުޅެއްގެ ވާހަކަ އަބަދު ވެސް ދިވެހިން ދައްކައި އުޅެއެވެ. ސަރުކާރެއް ހިންގުމާއި ޙަވާލުވެ ހުންނަވައި، ޖެހިގެން އައި އިންތިޚާބަށް ނުކުންނެވުމުން ފަސް ޕަސެންޓް ހޯއްދެވި ރައީސެއްގެ ވާހަކައަކީ، މަޖަލަކަށް އަދި މިސާލު ބަހަކަށް ވެސް ދިވެހިން ދައްކާ އުޅޭ ވާހަކައެކެވެ.

ރިޔާސީ އިންތިޚާބަކީ ބަޔަކު ބައިވެރިވާތީ މަޖަލަކަށް ބައިވެރިވާން އުޅޭވަރުގެ ކަމެއް ނޫނެވެ. އެކަމުގައި ރައްޔިތުންގެ އިތުބާރާއި ސަޕޯޓާ ބައިވެރިވުން ވެސް އޮންނަންޖެހެއެވެ. އެހެންނޫނީ ގަންނަންޖެހޭނީ ލަދު މާބޮޑުވާނެއެވެ. މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ އުމަރަށެވެ. އައިޑީޕީގެ ނަމުގައި 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޕާޓީގެ ރަޖިސްޓްރީގައި ތިބި މީހުންގެ އަދަދަށް ވުރެ އުމަރަށް ލިބުނު ވޯޓު މަދެވެ. އެ ފަހަރުގެ އިންތިހާބުގައި އުމަރަށް ލިބުނީ 2،472 ވޯޓެވެ. އުމަރާއި ޝުޖާއު ނޫނަސް މަޖަލަކަށް ތިޔަކަން ކުރަން 1500 މީހުންގެ ސޮޔާ އެކު 1 ލައްކަ ރުފިޔާ ދެއްކޭވަރުގެ ކުށުގެ ރެކޯޑެއް ނެތް ކިތަންމެ ބަޔަކު ރާއްޖޭގައި ވެސް އެބަ ތިއްބެވެ. ނަމަވެސް ހެޔޮވިސްނޭ ބަޔަކު ވިއްޔާ ބޭޒާރެއްވާކަށް ބޭނުމެއް ނުވާނެއެވެ.

މާޒީން އިބުރަތް ހާސިލްކޮށް އިންތިޚާބުގައި ވާދަނުކުރައްވަަން އުމަރު ނިންމެވުމަކީ ހެޔޮފާލެއް ކަމުގައި ވެދާނެއެވެ. މާޒީ ދައްކަނީ އެގޮތަށެވެ. ނޫން ނަމަ މުޙައްމަދު ވަހީދު ހަސަން މަނިކަށް ވުރެ ބޮޑު ބޭޒާރަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ޙަގީގަތް ގަބޫލު ކުރައްވަން ބޭނުން ނުވިޔަސް މިވަގުތު ރާއްޖެ އޮތް ގޮތުން އިދިކޮޅު ފަރާތްތަކާއި ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ފަރާތްތަކަށް ރިޔާސީ އިންތިޚާބު ވާދަވެރި ކަމަށް ނުކުތުމުގެ ޖާގަ ވަރަށް ހަންޏެވެ.

އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައި ޝުޖާއު ހުސެން ވެސް ދެއްކެވީ ތަފާތު ބަހަނާއެކެވެ. "ގައުމަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ގާސިމް އިބްރާހީމް، ޝެއިހް އިމްރާން އަބްދުﷲ ރައްޔިތުންނަށް ހެއްދެވީ އިތުރުފުޅެއް" ކަމަށެވެ. ގައުމުގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، ގައުމުގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ހީކުރެވިފައި އޮތީ ޝުޖާއު އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ އެފަދަ ކަންކަމަށް ޙައްލުހޯއްދެވުމަށް ކަމަށެވެ.

ޝުޖާއު ވެސް ބޮޑު ލަދެއްގައި ބެދުމުގެ ކުރިން ތިކަން ހުއްޓާލިކަން ރަނގަޅެވެ. ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަންވާނީ ރައްޔިތުން ވާހަކަތަކާއި ފާޑުކިޔުންތައް ހަޖަމުވާ ކަމަށް ވާނަމައެވެ. ރިޔާސީ އިންތިހާބެއްގައި މީހަކަށް ދުވަހަކު ވެސް ނުލިބޭނެ ފަދަ ދަށް ނަތީޖާއެއް ލިބި އަމިއްލަ ސޯޓު ނުބޭލެނިސް އެކަން އިހްސާސްވެ ލިބެން އޮތް ލަދުވެތިކަމުން ބޯ ތިދަމައިގަތްކަން ކިތަންމެހާ ވެސް ރަނގަޅެވެ.

ރިޔާސީ އިންތިޚާބުގެ ވާހަކަ އަރިމައްޗެއްގައި ބާއްވާލާފައި ޝުޖާއު މެން ފަދަ ބޭފުޅުން ދައްކާ ވާހަކައިގެ ބުރަދަނެއް ނެތްކަން އެނގޭ ހިސާބަކީ ހިދުމަތްތެރި ދުވަސްވަރުގައި އެއްވެސް ފެންވަރެއްގައި ގައުމޭ ކިޔައިގެން ތިޔަ ކުރައްވަން ބުނާ އެއްވެސް ކަމެއް ކުރަން މަސައްކަތެއް ކުރިކަން ސާބިތު ވެފައެއް ނެތުމެވެ. އެ ވާހަކަތަކުން އެނގެނީ އަޒުމާއި ހިތްވަރެއް ނެތްކަމެވެ.  ހުރިހާ ހާސަރެއް ދަމާފައި އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވީ އެންމެ 1500 ފޯމު ހަމަނުވެގެން ކަމަށް ވިދާޅުވި ނަމަ މާ ރަނގަޅު ވާނެއެވެ. ބަހަނާއަކީ، ދައްކާ ދައްކާ ހުސްނުވާނެއެއްޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް