13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ފަލަސްތީނުގެ މަޝްރަހު

ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ކޮލަމްބިއާ އިން ބަލައިގަނެފި

  • ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ކަޑައެޅީ ވެރިކަމުގެ އެންމެ ފަހުވަގުތު
  • އެ ނިންމުމަކީ ސައްހަ ނިންމުމެއްކަމަށް އައު ރައީސް އިވާން ޑުކިއު ވިދާޅުވި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 އޯގަސްޓު 2018 | ހުކުރު 19:04 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ


ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަކަށް އިޒްރާއިލް އާއި އެގައުމުގެ އެންމެ ބޮޑު އެކުވެރިޔާ، އެމެރިކާ ގަބޫލެއް ނުކުރޭ -- އޭއެފްޕީ

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެމެރިކާގެ ބައްރުގައި އޮންނަ ކޮލަމްބިއާއިން ބަލައިގަނެފިއެވެ.

ކޮލަމްބިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ނިންމުން ރައީސް ހުއާން މެނުއަލް ސަންތޯސް ނިންމާފައިވަނީ އޭނާގެ ދައުރުގެ އެންމެ ފަހު ވަގުތުގައި ކަމަށެވެ. އައު ރައީސް ވެރިކަމާއި ހަވާލުވުމުގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން ނިންމައިފައިވާ އެ ނިންމުމަކީ ސައްހަ ނިންމުމެއްކަމަށް އައު ރައީސް އިވާން ޑުކިއު ވިދާޅުވިއެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތް ލިޔުމުގައި މިދިޔަ ހުކުރު ދުވަހު ސޮއިކުރައްވާފައި ވަނީ ސަންތޯސްގެ ސަރުކާރުގެ ފޮރިން މިނިސްޓަރު މާރިއާ އެންޖެލާ ހޮލްގުއިންއެވެ. އަދި އެ ލިޔުން ވަނީ އެ ގައުމުގައި ހުންނަ ފަލަސްތީނުގެ އެމްބަސީއާ ހަވާލު ކޮށްފައެވެ.

އާ ސަރުކާރުގެ ފޮރިން މިނިސްޓަރު ކާލޯސް ހޮލްމްސް ވިދާޅުވީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަން، ބައިނަލްއަގުވާމީ ގާނޫނުތަކާއި ޑިޕްލޮމެޓިކް ޕްރެކްޓިސް އަށް ބަލައި، ދިރާސާ ކުރުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން އަމަލު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ.

އެމެރިކާގެ ގާތް ގައުމެއް ކަމަށްވާ ކޮލަމްބިއާ އިން ކުރިން ދިޔައީ އިޒްރޭލާ ވެސް ގާތްކަން ބާއްވަމުންނެވެ. އިޒްރާއިލުން ވަނީ ކޮލަމްބިއާގެ ނިންމުމާ ދޭތެޜޭ ހިތާމަ ކުރާ ކަމަށް ބުނެފައެވެ. އަދި އެ ނިއްމުން އަލުން މުރާޖާކޮށް ބަދަލު ކުރުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް